މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ މ އަތޮޅުން އައްޑޫ ސިޓީ ހިމެނޭ ސަރަހައްދަށް ވައިޓް އެލާޓް ނެރެފި އެވެ. ރާއްޖެ ސަރަހައްދުގައި އުފެދުނު ދެ ކޮޅިގަނޑަކާއި ގުޅިގެން ހަފްތާ ބަންދުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް އޮތީ ލަފާކޮށްފައެވެ.
މެޓުން މިއަދު ބުނީ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވިފައިވާތީ މ އަތޮޅުން ފެށިގެން އައްޑޫއަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ތިނެއް ޖެހުމާއި ހަމައަށެވެ.
މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
މެޓުން ރޭ ބުނީ ސްރީލަންކާގެ ގަލްފް އޮފް މަންނާރު ސަރަހައްދުގައި ހުރި ބާރުގަދަ ކޮޅިގަނޑުގެ ދުވެލި މަޑުވެ، މަޑުމަޑުން ބާރު ދަށްވަމުންދާ ކަމަށެވެ. ހއ. ކެލައިން ފެށިގެން 642 ކިލޯމީޓަރު ދުރުގައިވާ މި ކޮޅިގަނޑު ކުރިއަށް އޮތް 12 ގަޑިއިރު އިތުރަށް ދަށްވާނެ ކަމަށްވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ