މޫސުން ގޯސް، ވާރޭ ވެހޭނެ، ވައި ގަދަވާނެ

މުޅި ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭތީ ސަމާލުވާން އެދި މެޓް އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.މެޓް އޮފީހުން މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 3:00 އިން މިރޭ 9:00 އާއި ހަމައަށެވެ.މި ވަގުތުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ، ކަމަށް ލަފާކުރެވެއެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ. އަދި ރާއްޖެތެރޭގެ ކަނޑުތައް ޢާންމު ގޮތެއްގައި ގަދަ ވާނެ ކަމަށާއި އެގޮތުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށިގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މެޓުން ލަފާކުރާ ގޮތުގައި މި ވަގުތު ރާޅުގެ އުސްމިނުގައި 5-8 ފޫޓު ހުންނާނެ އެވެ.މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ބައެއް ހާދިސާތައްވެސް މިއަދު ވަނީ ހިނގާފައެވެ. މޫސުމާއިބެހޭ އިދާރާއިން މޫސުން ގޯސްވާނެކަމަށް ލަފާކުރުމާއި ގުޅިގެން އެމްއެމްޑީއެފްއިން ވެސް ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ