ހަތް މަހަށް ފަހު ޙަރަމްފުޅުގައި ނަމާދު ކުރުމަށް ހުޅުވާލައިފި.

މާތްވެގެންވާ މައްކާގެ ހަރަމް ފުޅުގައި ނަމާދު ކުރުން ހަތް މަހަށް ފަހު ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ފަރާތްތަކަށް ނަމާދު ކުރުމަށް ހުޅުވާލައިފި ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފި އެވެ.
މާތްވެގެންވާ ހަރަމްފުޅު އާއްމުންނަށް ބަންދު ކޮށްފައިވަނީ މީގެ ހަތްމަސް ކުރިން ކޮވިޑް-19 އިން ރައްކާތެރިވުމަށް ސައޫދީ ސަރުކާރުން އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސައުދީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން މިހާރުވަނީ ފަށާފައެވެ. އެގޮތުން މިމަހުގެ ކުރީކޮޅު އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާގައި އުޅޭ ފަރާތްތަކަށް މައްކާއާއި މަދީނާ ވަނީ ހުޅުވާފައެވެ.
އުމްރާގެ އަޅުކަން އަދާކުރުމުގެ ހުއްދަދިން ފަހުން ފާއިތުވެދިޔަ 13 ދުވަހުގެ ތެރޭގައި 75 ހާހަށްވުރެ ގިނަ މީހުން ވަނީ އުމްރާގެ އަޅުކަން ފުރިހަމަކޮށްފައެވެ. އުމްރާގެ ދެވަނަ ފިޔަވަހީގައި މައްކާއިން ބޭރުގައި ދިރިއުޅޭ ސައުދީ ރައްޔިތުންނަށް ޙަރަމްފުޅު ހުޅުވާލީ ރަބީއުލްމަހުގެ 1 ވަނަދުވަހާއި ދިމާކޮށް މިއަދުއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމްރާއަށް އަންނަ ރައްޔިތުންނަށް ޙަރަމްފުޅު ހުޅުވާލާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. މި ފިޔަވަހީގައި ހުއްދަ ދޭން ނިންމާފައިވަނީ 20 ހާސް މީހުންނަށެވެ. ޙަރަމްފުޅަށް ދުވާލަކު ވަދެވޭނީ 60 ހާސް މީހުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ