އައިޖީއެމްއެޗުގެ ސެންޓާ ފޯ މެންޓަލް ހެލްތުން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު މި އަހަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން ހާމަވެއްޖެ އެވެ.
އައިޖީއެމްއެޗުން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި 17،708 މީހަކު ނަފުސާނީ ބައްޔަށް ފަރުވާ ހޯދާފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް 13,131 މީހަކު ފަރުވާ ހޯދާފައިވެ އެވެ.
މިހާތަނަށް އެއް މަހެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު ފަރުވާ ހޯދާފައިވަނީ މިދިޔަ ޖޫން މަހު އެވެ. އެ މަހުގައި 2،100 އަށް ވުރެ ގިނަ މީހުން ވަނީ ފަރުވާ ހޯދާފަ އެވެ.
ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު މި އަހަރު ފެށުނު އިރު ހުރީ 1400 އިން މަތީގަ އެވެ. 2019 ވަނަ އަހަރު އެ އަދަދު ހުރީ 200 ގައެވެ.
ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމަށް މިވަގުތު ވެސް ކިއުގައި 2،600 މީހަކު އެބަ ތިބި ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދީފައިވެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ނަފްސާނީ ބައްޔަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ވަނީ ހާއްސަ ކްލިނިކެއް ވެސް ހުޅުވާފަ އެވެ.
ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހުން އިތުރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ