ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައިފި

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލާފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މަސައްކަތް އެކޮށް ނިންމާލާފައި ވަނީ މި މަހުގެ ދެވަނަ ދުވަހު ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން، ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 5000 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ. އަދި 235 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 235 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓެކްސްޓައިލްސް ޖެހުންމުގެ މަސައްކަތްވެސް ހިމެނެއެވެ.
އެ މަޝްރޫއަކީ 5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ