އޭވިއޭޝަން ދާއިރާގެ ހާލަތު 65 ޕަސެންޓަށް ރަނގަޅުވެއްޖެ: ނަހުލާ

ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ހާލަތު 65 ޕަސެންޓް ރަނގަޅުވެފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ނަހުލާ މިހެން ވިދާޅުވީ ކޮވިޑް-19 އާއި ގުޅޭ ހައި-ލެވެލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެެވެ.
ނަހުލާ ވިދާޅުވީ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓު މަހުގެ 21 ގެ ނިޔަލަށް އޭވިއޭޝަން ދާއިރާގެ ހާލަތު 65 ޕަސެންޓް ރަނގަޅުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ނަހުލާ ވިދާޅުވި އެވެ.
މީގެއިތުރުން ނަހުލާ ވަނީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުން ދަސްވި ފިލާވަޅުތައް އެއް ބަޔަކު އަނެއް ބަޔަކާ ހިއްސާކޮށް، ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ވެސް ގޮވާލާފައެވެ. އެގޮތުން ރާއްޖެއިން އެންމެ ބޮޑަށް ސަމާލުކަން ދެނީ ބަލިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ކުރިމަތިވާ ހުރަސްތަކާ ކުރިމަތިލުމަށް ރާއްޖެ ތައްޔާރަށް އޮތް ކަމަށް ނަހުލާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ ކޮވިޑުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގައި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ އިރުޝާދާއި ހުށަހެޅުންތައް ބޭނުންކުރަމުން ގެންދާ ކަމަށެވެ. އަދި އޭގެ މައްޗަށް ބިނާކޮށް ދިވެހި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށާއި ރާއްޖޭގެ އެއާޕޯޓުތަކަށާއި އެއާލައިން އޮޕަރޭޓަރުންނަށާއި އަދި އޭވިއޭޝަން ސެކިއުރިޓީއަށް އެހީތެރިވުމަށްޓަކައި އަމިއްލައަށް ގައިޑެންސް މެޓީރިއަލް ނެރެފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.
އެގޮތުން ކޮވިޑުން ދަސްވި އެންމެ މުހިންމު އެއް ފިލާވަޅަކީ ގައުމީ ފެންވަރުގެ ސޭފްޓީ ރިސްކް މެނޭޖްމަންޓެއްގެ މުހިންމުކަން ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ