އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔޫރޭނިއަމް ބޭނުންކޮށްފައިވޭ

ޔޫރޭނިއަމްގެ އަސަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތެއް2008 ވަނަ އަހަރު އިޒްރޭލުން ގާޒާއަށް ދިން އަނިޔާވެރި ހަމަލާތަކުގައި ސުންނާފަތިކޮށްފައިވާ އިމާރާތްތަކުން ޔޫރޭނިއަމް ބޭނުންކޮށްފައިވާކަމުގެ ނިޝާންތައް ފާޅުކަންބޮޑު ގޮތެއްގައި ފެންނަންހުރިކަމަށް ލަންޑަނުގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ޖަމާއަތަކުން ހާމަކޮށްފިއެވެ.2008 ވަނަ އަހަރުގެ ޑިސެމްބަރު 27 ވަނަ ދުވަހު އިޒްރޭލުން ފެށި ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތައް ގާތުން ބަލާ ދިރާސާތަކެއް ވަނީކޮށްފައެވެ. ދިރާސާ ކުރެއްވި ބޭފުޅުން ނިއުކްލިއާރ މާހިރުންނާއި ހަވާލާދީ ހާމަކުރައްވާފައިވާ ގޮތުގައި، ‘ޔޫރޭނިއަމްގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ދިގުރާސްތާއެއްގައި ގެއްލުންތަކެއް ލިބިދާނެކަމަށް.’ ލަފާކުރެވޭކަމަށެވެ.ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ބައިނަލް އަޤްވާމީ ގޮތުން މަނާ ކުރާ ހަތިޔާރުތައް ބޭނުންކުރާކަމީ އާންމުވާހަކައެކެވެ. އެހެނަސް އެފަދަ މައްސަލަތައް ބެލި އިޒްރޭލާއި ދެކޮޅަށް ފިޔަވަޅުއަޅަން ބައިނަލް އަޤްވާމީ ޖަމިއްޔާތަކުންނާއި ‘ޓެރެރިޒަމާއި ދެކޮޅަށް’ ހަނގުރާމަކުރާ މީހުންނަަށްވެސް ވަނީ ނުކުޅެދިފައެވެ.22 ދުވަހަށް ދެމިގެންދިޔަ ‘ޤާޒާ ގަތުލްއާންމު’ ގައި ފަލަސްތީނުގެ 1400 މުސްލިމުންވަނީ ޝަހީދުވެފައެވެ. އޭގެތެރޭންވެސް ގިނައީ މުސްކުޅިންނާއި އަންހެނުންނާއި ކުޑަކުދިންނެވެ.ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ބޭނުންކުރި ޔޫރޭނިއަމް އަކީ ނިއުކްލިއާރ ހަތިޔާރެކެވެ. ދެވަނަ ބޮޑު ހަނގުރާމާގައި ހީރޯޝީމާއަށް އެމެރިކާނުންވެސް ވަނީ ޔޫރޭނިއަމް ބޭނުންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ