ކަރަންޓް ބޭނުންކުރާވަރު މަދުކުރަން ސްޓެލްކޯއިން އިލްތިމާސްކޮށްފި

މި ދުވަސްވަރު ކަރަންޓް ބޭނުންކުރާ މިންވަރު ވީވަރަކުން މަދު ކުރުމަށާއި ކަރަންޓް ޚަރަދު ކުޑަކުރެއްވެން ހުރި ވަސީލަތްތަކުގެ ބޭނުން ކުުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.
މިއަދު ނެރުނު ނޫސްބަޔާނެއްގައި ސްޓެލްކޯ އިން ބުނެފައިވަނީ ފެބުރުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ހިމެނޭ ދުވަސްވަރަކީ ރާއްޖޭގެ ފިނިހޫނުމިން އަހަރުގެ ތެރޭގައި އެންމެ މަތިވާ ދުވަސްވަރު ކަމަށެވެ.
" ކުންފުނީގެ ރެކޯޑް ދައްކާ ގޮތުން މި މުއްދަތުގައި ކަރަންޓް ބޭނުންކުރާ ވަރު އިތުރުވުމުގެ ސަބަބުން، ކަރަންޓް އުފައްދާ ފޯރުކޮށްދިނުމަށް އަހަރުގެ އެހެން މަސްތަކުގައި ކަރަންޓް އުފައްދާ މިންވަރާއި އަޅާބަލާއިރު %8.5 އިތުރަށް ކަރަންޓް އުފައްދަންޖެހެއެވެ" ސްޓެލްކޯގެ ބަޔާނުގައި ވެއެވެ.
ހަކަަތައަށް ހޭދަކުރަންޖެހޭ މިންވަރު މަދުކުުރުމަކީ ދިރިއުޅުމުގެ ހޭދަތަކަށް އިގްތިސާދު ކުރުމަށާއި ތިމާވެށްޓަށް ރައްކާތެރިވުމަށް ކޮންމެ ފަރުދަކަށް ކުރެވިދާނެ ވަރަށް ބޭނުންތެރި ކަމެއް ކަަމަށް ވެސް މި ބަޔާނުގައި ވެއެވެ.
މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގެ މޫސުމަށް ބަލާއިރު މާލެ، ކައްދޫ ކާނޑެއްދޫ، ހަނިމާދޫ އަދި ގަމުގެ ފިނިހުނޫމިން ހުރީ 31 ޑިގްރީ ސެލްސިއެސްގަކަމް މީޓިރިއަލޮޖިކަލް ސެންޓަރުގެ ވެބްސައިޓުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ