ރައީސް މައުމޫން އައިޖީއެމްއެޗަށް ގެނެސްފި
ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އައިޖީއެމްއެޗަށް ގެނެސްފިއެވެ.ރައީސް މައުމޫން އައިޖީއެމްއެޗަށް ގެނެސްފައިވަނީ އެމަނިކުފާނުގެ ސިއްހީ ހާލަތު ދަށްވަމުންދާކަމަށް އާއިލާއިން ބުނެފައި ވަނިކޮށެވެ. ރައީސް މައުމޫން އައިޖީއެމްއެޗަށް ގެނައިކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންގޮތުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ހުންނެވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މައުމޫން ހޮސްޕިޓަލަށް ގެނައީ އެމްއާރުއައި ހަދަންށެވެ. އެކަމާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަކިއެއްޗެއް ހާމަކޮށްފައިނުވާއިރު، މައުމޫންގެ އާއިލާއިން ވެސް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ރައީސް މައުމޫންގެ މައްޗަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ފުލުހުންގެ ތަހުގީގަށް އެމަނިކުފާނުގެ ފޯނު ނުދެއްކި މައްސަލައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ