ރައީސް މައުމޫން ގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.
ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ މައުމޫނުގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން މިއަދު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިކަމުގެ ޝަރީއަތުގެ އަޑުއެހުމެކެވެ.
މައުމޫނުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް ދައުލަތުން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިކަމުގެ ދައުވާ ކުރާއިރު، ދެ ފަނޑިޔާރުންގެ އަޑުއެހުމުގެ އިބްތިދާއީ ބައި މިހާރު ވަނީ ނިމިފައެވެ.
މީގެ އިތުރުން ރައީސް މައުމޫންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނުކަމުގެ ދައުވާ ވެސް އުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ