އެލާޖިކް ނުވާ ގޮތަށް ޕީނަޓް އުފެދިއްދާނެ: ދިރާސާ

ބައެއް މީހުންނަކީ ވަރަށް ބޮޑަށް އެލާޖިކްވާ ބައެކެވެ. އެހެންވެ ކިތަންމެ ގަޔާވިޔަސް ޕީނަޓް ކެއުމާ ދުރުވާން ޖެހެ އެވެ.
އެކަމަކު ޕީނަޓަށް ލޯބި ކުރާ ފަރާތްތަކަށް މިހާރު އޮތީ އުފާވެރި ހަބަރެކެވެ.
ޔުނިވަސިޓީ ވެސްޓަން އޮސްޓްރޭލިއާގެ އިސް ނެގުމަކަށް ފެށި މި މަސައްކަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޔުނިވަސިޓީތައް ބައިވެރިވެ، އިންޓަނެޝަނަލް ކްރޮޕްސް ރިސާޗް އިންސްޓިޓިއުޓް ފޮ ދަ ސެމީ އެރިޑް-ޓްރޮޕިކްސްގެ އެހީތެރިކަމާ އެކު ހޯދުން ހޯދުންތަކުން މިހާރު ވަނީ އެލާޖިކް ނުވާ ގޮތަށް، ޕީނަޓް އުފެއްދި ދާނެ އުކުޅުތަކެއް ހޯދައިފަ އެވެ.
މި ރިސާޗް ހެދި ޓީމުން ބުނާ ގޮތުގައި ޕީނަޓް "ޑީއެންއޭ ހަދައިގެން" މިހާރު ވަނީ އޭގައި އެލާޖިކްވާން މަގުފަހިކޮށްދޭ ޖީން ހޯދައި، އެ ޖީންތައް އެކުނުލެވޭ ގޮތަށް ޕީނަޓް އުފައްދާނެ ގޮތުގެ ވަަަރަށް ފުރިހަމަ ތަސައްވުރެއް ހޯދައިފަ އެވެ.
އެހެންވެ މީގެ ނަތީޖާއަކަށް ޕީނަޓް އުފައްދާ މިންވަރު ކުރިއަށް އޮތް ތަނުގައި އިތުރުވެގެން ދިއުން ކަމަށް ރިސާޗް ހެދި ޓީމުން ގަބޫލް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ