އއ. މާޅޮހުގެ ރައްޔިތުންނަށް ރޯދަ ހަދިޔާ: ކަރަންޓު ބިލުގެ 50 އިންސައްތަ ކައުންސިލުންދެނީ

އއ މާޅޮހުގެ ކޮންމެ ގޭބިސީއަކަށް ރޯދަހަދިޔާގެ ގޮތުގައި ކަރަންޓު ބިލުގެ 50 އިންސައްތަ ދިނުމަށް އެރަށު ކައުންސިލުން ނިންމައިފި.
މާޅޮހު ކައުންސިލުގެ ރައީސް އިސްމާޢީލް ނަޞީރު ދުވަސް އެމްވީއަށް ވިދާޅުވީ އެގޮތަށް ފާސްކުރީ މިއަދު ބޭއްވި އެ ކައުންސިލުގެ 3 ވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކަމަށާއި މިއީ ރަމަޟާން މަހުގެ ހަދިޔާއެއްގެ ގޮތުގައި ދޭ އެއްޗެއް ކަމަށެވެ.
އަދި މިގޮތަށް ނިންމީ ރޯދަ މަހަކީ ޢާންމު މަސްމަހަށް ވުރެ، ކަރަންޓުގެ ޚަރަދު ދެގުނަ ބޮޑު މަހަކަށްވާތީ ރައްޔިތުންނަށް ލުއި ފަސޭހަކަމެއް ދިނުމުގެ ގޮތުން ކައުންސިލުން ނިންމި ނިންމުމެއް ކަމަށާއި ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާދިމާކޮށްވެސް އެރަށު ކައުންސިލުން ރައްޔިތުންނަށް ފައިދާވާނެ ކޮންމެވެސް ކަމެއް ކޮއްދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
” ނާ އިތުރަށް ވިދާޅުވީ ކަރަންޓު ބިލުގެ ފައިސާ ދެއްކުމަށް ހަދަންޖެހޭ ގޮތާމެދު ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން މިހާރު އަންނަ ކަމަށެވެ. އެއްގޮތަކީ ސީދާ ރައްޔިތު މީހާ އާ ފައިސާ ޙަވާލު ކުރުން ކަމަށާއި އަނެއް ގޮތަކީ ހުރިހާ ގޭބިސީތަކަށްވާ ފައިސާ ކައުންސިލުން ސްޓެލްކޯ އާ ޙަވާލު ކުރުން ” އިސްމާޢިލް ވިދާޅުވިއެވެ.
އެހެންނަމަވެސް ރަމަޟާން މަސް ފެށުމުގެ ކުރިން މިކަމަށް ގެންނާނެ ކަމަށާއި ހަމަ ޔަޤީނުންވެސް ކަރަންޓު ބިލުގެ 50 އިންސައްތަ އެ ކައުންސިލުން ދައްކައިދޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށްދޭ ކަމަށްވެސް މާޅޮހު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ