ޖަލުން ފިލި މީހުން ހޯދާނަން – އުމަރު

މާފުށީ ޖަލުން ރޭގެ ވަގުތެއްގައި ފިލި މީހުން ހޯއްދަވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މާފުށީ ޖަލުން ރޭގެ ވަގުތެއްގައި ދެ ގައިދީއަކު ފިލި މައްސަލައާ ގުޅިގެން އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖަލުން މީހުން ފިލުމަކީ ޖަލުގައި ހުރި ކަންތައްތަށް ދެނެގަނެ އެ ކަންތައްތަށް ރަނގަޅު ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި ޖަލުގައި ހުރި މައްސަލަތަށް ހައްލުކުރައްވާނެ ކަމަށާއި އަދި ފިލާފައިވާ މީހުން ހޯއްދަވާނެ ކަމަށް ވެސް އުމަރު ވިދާޅުވެފައިވެ އެވެ.
މާފުށީ ޖަލުން ފިލާފައިވަނީ އުމުރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ދިޔަ ދެ ގައިދީން ކަމަށްވާ ގ. ކޯޒީ އިބްރާޙީމް ޝަހްމު އާދަމް (23އ) އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދު (26) އެވެ.
އިބްރާޙީމް ޝަހްމު އާދަމް އަކީ ޓެރަރިޒަމްގެ މައްސަލައެއް ސާބިތުވުމާއި ގުޅިގެން 25 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ. އަދި ހޯދަމުންދާ ފަރިޔާޝް އަޙްމަދަކީ މަރުގެ މައްސަލައެއް ސާބިތުވުމާއި ގުޅިގެން 25 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ.
ޝަހުމް އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ 2010 ގައި މާޒިޔާ ދަނޑު ކައިރީގައި ހިންގި ހަމަނުޖެހުމެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިނަށް ހަމަލާދީ މަރާލި މައްސަލައިގައިއެވެ. އޭގެއިތުރުން އަލިކިލޭގެފާނު މަގުގައި ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރު މަރާލި ކަމަށް ބުނެ ވެސް ދައުލަތުން ޝަހުމްގެ މައްޗަށް އުފުލާފައިވާއިރު އެމައްސަލައިގައި އަދި ގޮތެއް ނުނިންމައެވެ.
ފަރިޔާޝް އުމުރަށް ޖަލަށް ލާފައި ވަނީ، ގއ. ވިލިނގިލީ، ކަނޑުއޮޅި، މުހައްމަދު ޝިހާބް މަރާލުމުގެ ކުށް ސާބިތުވުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ