ޤައުމީ ޔުނިވަރސިޓީގައި ސައިންސް ދާއިރާގެ ފެކަލްޓީއެއް އުފައްދަން ނިންމައިފި

ޤައުމީ ޔުނިވަރސިޓީގައި ސައިންސް ދާއިރާގެ ފެކަލްޓީއެއް އުފައްދަން ނިންމައިފިއެވެ.މިފެކަލްޓީ އިފްތިތާހުކޮށްދެއްވީ އިއްޔެ ބޭއްވި ޖަލްސާގައި ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާރ އައްޝައިޚް ފައްޔާޒް އަލި މަނިކެވެ. މިމަހުގެ 3 ވަނަ ދުވަހު ބޭއްވި ޔުނިވަރސިޓީ ކައުންސިލްގެ 98 ވަނަ ޖަލްސާގައި މިފެކަލްޓީ އުފެއްދެވުމަށް ނިންމަވާފައިވާއިރު މިފެކަލްޓީއިން ރިސާޗް ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ޔުނިވާރސިޓީއިން ހާމަކުރެއެވެ.ސައިންސް ދާއިރާގެ ފެކަލްޓީ އާއި ބޭހެ ގޮތުން ވާހަކަ ދައްކަވަމުން ޔުނިވަރސިޓީގެ  ޑެޕިއުޓީ ވައިސް ޗާންސެލާރ އައްޝައިޚް ފައްޔާޒް އަލި މަނިކު ވިދާޅުވީ “ފެކަލްޓީ އޮފް ސައިންސް އުފެއްދުމުގެ ބޭނުމަކީ މި ދާއިރާގެ ތަޢުލީމާއި ޢިލްމާއި ދިރާސާކުރުން އިތުރުކުރުން”ކަމަށެވެ.ފެކަލްޓީ އޮފް ސައިންސްއަކީ ޔުނިވަރސިޓީގައި ޤާއިމްކުރެވޭ 09 ވަނަ ފެކަލްޓީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ