ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލ.ފޮނަދޫ ދާއިރާގެ ވޯޓް އަލުން ގުނުމަށް އިންތިޚާބު ނާކާމިޔާބުވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެދުނު ނަމަވެސް އެންމެ ފޮއްޓެއް ފިޔަވައި އެހެން ފޮށިތައް ނުގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މިރޭ ފޮނަދޫ ދާއިރާގެ އެއް ފޮށީގެ ވޯޓް ގުނާފައި ވާއިރު އެފޮށީގެ ވޯޓް ގުނުމުން ނަތީޖާ އަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ކުރިން ވެސް ބާތިލް 13 ވޯޓް ކަމަށް ކަނޑައަޅާފައިވާ ވޯޓް މިރޭ އަލުން ގުނުމަށް ފަހު ވެސް ނިންމާފައި ވަނީ ބާތިލް ވޯޓްތަކެއްގެ ގޮތުގައެވެ.
އަދުރޭ ނިސްބަތްވާ ޕީއެންސީން މިރޭ ބުނީ އަދުރޭ އެދުނީ ހުރިހާ ފޮއްޓެއްގެ ވޯޓް އަލުން ގުނަން ކަމަށާއި ނަމަވެސް އިލެކްޝަނުން ނިންމާފައި ވަނީ އެންމެ ދެ ފޮށި ގުނަން ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުގެ ޝަކުވާތަކަށް އިސްކަން ދީފައި ނުވާކަމަށް ޕީއެންސީން ބުނެއެވެ.
ސެކިއުރިޓީ އުރަ ކެނޑުމަށް ފަހު އަލުން ވޯޓް ގުނަން ފަށާފައި ވަނީ ވެސް އަދުރޭގެ މަންދޫބަކު ނެތީސް ކަމަށް ޕީއެންސީން ބުނެއެވެ. އެއީ އާއްމު އިންތިޚާބާއި ބެހޭ ޤާނޫނާއި ހިލާފު ކަމެއް ކަމަށް ޕީއެންސީން ބުނެއެވެ.
އެހެންކަމުން ފޮނަދޫ ދާއިރާގެ ވޯޓް އަލުން ގުނުމަށް މާދަމާ އަނެއްކާވެސް އެދޭނެ ކަމަށް ޕީއެންސީން ބުނެއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ފޮނަދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މޫސާ ސިރާޖެވެ. އަދުރޭ އަށް ލިބިވަޑައިގެންފައިވަނީ 963 ވޯޓެވެ. ސިރާޖަށް ލިބިވަޑައިގެންފައިވަނީ 1007 ވޯޓެވެ.
ފޮނަދޫ ދާއިރާގެ ނަތީޖާ ބަދަލެއް ނުވި، އަދުރޭގެ ފަރާތުން އަނެއްކާވެސް އިތުރު ޝަކުވާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ