ކޯޓުގެ ޙުރުމަތް ކެނޑި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް ސުޕްރީމް ކޯޓުން ބަލާ މައްސަލައާ ގުޅިގެން އެ ކޮމިޝަންގެ މެމްބަރުން ބުރާސްފަތި ދުވަހު ވެސް ސުޕްރީމް ކޯޓަށް ހާޒިރުކުރަން ނިންމައިފި އެވެ.
ކޯޓުގެ ޙުރުމަތް ކެނޑުމާއި އެ ކޯޓުގެ އަމުރަކާ ޚިލާފްވި ކަމަށް ބުނެ އެ ކޮމިޝަންގެ ހުރިހާ މެމްބަރުން ބުދަ ދުވަހު ވެސް އެ ކޯޓަށް ހާޒިރުކުރި އެވެ. ނަމަވެސް އެ މައްސަލަ އަށް ޖަވާބުދާރީވުމުގެ ފުރުސަތު އެ ކޮމިޝަނަށް މިހާރު ވަނީ ދީފަ އެވެ. އެ މެމްބަރުން ބުރާސްފަތި ދުވަހު ހާޒިރުކުރަނީ މެންދުރު ފަހު 2:00 އަށެވެ.
އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ އިސް ނެގުމަކަށް ބަލާ މައްސަލައެކެވެ. އެ މައްސަލަ ބަލަނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއެކު އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރުން ޑރ. އަހުމަދު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އަނެއްކާ ވެސް ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ