ކަރަންޓުގެ އަގު ބޮޑުކުރުމުން ސަރުކާރުގެ އިގުތިސާދީ ސިޔާސަތާ މެދު ސުވާލު އުފެދޭ: އަދާލަތު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވެފައިވާ މި ދުވަސްވަރު ކަރަންޓުގެ އަގު ބޮޑުކުރުމަކީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކުގެ ހަރުދަނާކަމާއި އިހުލާސްތެރިކަމާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށް އަދާލަތު ޕާޓިން މިއަދު ބުނެފި އެވެ.ދައުލަތުގެ ބަޖެޓުން ކަރަންޓަށް ދެމުން އައި ސަބްސިޑީ މިދިޔަ ހޯމަ ދުވަހުން ފެށިގެން
ކަނޑާލައި، ކަރަންޓުގެ އަގަށް ބަދަލު ގެންނަން ސަރުކާރުން ނިންމީ މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ. އެ ނިންމުމަށް ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް އެނާޖީ އޮތޯރިޓީން ނެރުނު ބަޔާނުގައި ބުނީ ސަރުކާރުން ދެމުން ދިޔަ ކަރަންޓު ސަބްސިޑީ ކަނޑާލުމުން ކަރަންޓު ބިލަށް
އިތުރުވާނީ އާއްމުންގެ ކެރިފޯރުންތެރިކަމަށް ބަލާއިރު ބޮޑު އަދަދެއް ނޫން
ކަމަށެވެ.ނަމަވެސް ކަރަންޓުގެ އަގަށް ސަރުކާރުން ގެނައި ބަދަލާ އެކު މާލޭގެ ކަރަންޓުގެ އަގު ޖުމްލަ ގޮތެއްގައި 20 ޕަސެންޓް ބޮޑުވާނެ އެވެ.ކަރަންޓުގެ އަގު ބޮޑުކުރުމުން ކަންބޮޑުވުން ފާޅުކޮށް އަދާލަތުން ނެރުނު ބަޔާނުގައި، ރާއްޖޭގެ އިގުތިސާދު ހީނަރުވުމުގެ ސަބަބުން އެތައް ބައެއްގެ އާމްދަނީ ދަށްވެ ދިރިއުޅުމުގެ ހަރަދުތައް ފޫބެއްދުމަށް ދަތިވެފައިވާ ދަނޑުވަޅެއްގައި އެފަދަ ބޮޑު ބުރައެއް ރައްޔިތުންނަށް ޖެއްސޭގޮތަށް ސަރުކާރުގެ ސިޔާސަތު ކަނޑައެޅުން އެކަން ކުށްވެރިކޮށްފައި ވެ އެވެ."ދައުލަތުގެ ބަޖެޓު ހަމަޖެއްސުމަށް ކަރަންޓް ސަބްސިޑީ ކަނޑާލުމާއި ޓެކްސްއާ ޑިއުޓީ ބޮޑުކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ސަރުކާރުން އިސްކަންދޭންޖެހޭނީ އާއްމު ރައްޔިތުންނަށް އެކަމުގެ ތަކުލިީފު އުފުލަން ނުޖެހޭފަދަ ގޮޮތްގޮތުން ދައުލަތުގެ ބަޖެޓް ހަމަޖެއްސުމަށް،" އަދާލަތުގެ ބަޔާނުގައި ބުންޏެވެ.ބަޔާނުގައި ބުނެފައިވަނީ ދައުލަތަށް ލިބޭ އާމްދަނީން، ކޮރަޕްޝަންގެ ސަބަބުން ގެއްލިގެންދާ އެތައް ބިލިއަން ރުފިޔާއާ ސިޔާސީ މަގާމުތަކުގެ މުސާރައާ އިނާޔަތްތަކާއި އެކި އެކި ހަފްލާތަކަށް ކުރާ އިސްރާފުތައް ކުޑަކުރުމަކީ ކަރަންޓުގެ އަގު ބޮޑުނުކޮށް ކުރެވޭނެ ކަމެއް ކަމަށެވެ. އެހެން ކަމުން ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތައް ކަނޑައެޅުމުގައި ރައްޔިތުންގެ މަސްލަހަތު އިސްކޮށް ކަރަންޓުގެ އަގު ހެޔޮކުރަން ވެސް އަދާލަތުގެ ބަޔާނުގައި ގޮވާލާފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ