ރާއްޖެ ވަށައި ކަޓަމަރާނެއްގައި ދަތުރުކުރަމުން އަންނަ އަބްދުލްޣަފޫރު އަލީ (ގައްބެ) މިހާރު މިސްރާބު ޖަހާފައިވާ ސަރަހައްދުތަކުގެ މޫސުން ގޯސްވުމުގެ ސަބަބުން ކުރިން ރާވާފައި ނެތް ބައެއް ކަންކަން އެބަ ދިމާވެ އެވެ. އެކަމަކު އެއީ ވެސް މިކަހަލަ ދަތުރެއްގެ ބައެއް ކަމަށް އޭނާ ދެކެ އެވެ.ރިޔަލުގައި އޭނާ ކުރާ މި ދަތުރުގައި ހިތްގައިމު ފިނޮޅުތައް ވަރަށް ގިނައިން ވަނީ ފެނިފަ އެވެ. އެ މަންޒަރުތަކުން ލިބެނީ، ގައްބެ ބުނި ގޮތުގައި، ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ބައެއް ފިނޮޅުތަކަށް މަޑުކުރެ އެވެ.ގައްބެ މިހާރު ދަތުރު ކުރަމުން އަންނަނީ ދ. ހުޅުދެލިިން ފުރައިގެން އެ އަތޮޅު ފީއައްޔަށް ދާށެވެ. މި ދަތުރުގައި އޭނާ ވަނީ ފ. ބިލެތްދުއަށް ގާތްކޮށް، އެ ރަށުގެ ބައެއް މީހުންނާ ބައްދަލުކޮށްފަ އެވެ. (function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = "//connect.facebook.net/en_US/sdk.js#xfbml=1&version=v2.3"; fjs.parentNode.insertBefore(js, fjs);}(document, 'script', 'facebook-jssdk'));Highlights: Gaafu Dhaalhu AtollWish you all a blessed and happy Friday.Highlights: Gaafu Dhaalhu Atoll Video by Gi Drone / Atoll Sailor#Maldives #VisitMaldives #SailMaldives #AliaMaldives #Yamaha #Dhiraagu #Brij #gidronePosted by Atoll Sailor on Friday, February 19, 2016ގައްބެ، ގދ. އަށް ކުރި ދަތުރުގެ އުސްއަލިތައްމޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނިގޮތުގައި ވ. އަތޮޅާއި ގދ. އަތޮޅާ ދެމެދަށް މިއަދު ބޯކޮށް ވާރޭ ވެހި، 40 މޭލު ބާރު މިނުގައި ވަައި ޖެހޭނެ އެވެ. މޫސުން ގޯސް ވުމުގެ ސަބަބުން މިދިޔަ ބުރާސްފަތި ދުވަހު ވެސް ގައްބެ ކަނޑުމައްޗަކަށް ނުނިކުމެ އެވެ. "ކުޑަކޮށް ވިއްސާރަ. ވައި ގަދަ. ސެއިލް ކުރުމަށް ރަނގަޅު ދުވަހެއް،" ގައްބެއާ 100 ވަރަކަށް ފޫޓު ދުރުން ދަތުރު ކުރަމުން ދާ އެޓޯލް ސެއިލާގެ ލޯންޗުގައި އިން ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ. ގައްބެ ބިލެއްދުއަށް ކައިރި ކުރުމުން އެ ރަށުގެ ބައެއް މީހުން މަރުހަބާ ކިޔަނީ-- ފޮޓޯ: އެޓޯލް ސެއިލާ/ ޖީއައި ޑްރޯން ހުކުރު ދުވަހު މެންދުރު ފަހު ދ. ކުޑަހުވަދޫން ފުރައިގެން ހުޅުދެއްޔަށް ދިޔަ އިރު ވެސް ކޮޅިގަނޑަކާ ވަނީ ދިމާވެފަ އެވެ. އެކަމަކު ކޮޅިގަނޑުގެ ވައި އޭނާގެ ކަޓަމަރާންގެ ރިޔަލުގައި ހިފައި، ގަޑިއިރެއްހާއިރު ތެރޭގައި އެ ރަށު ގޮނޑުދޮށަށް ގާތްކޮށްލެވުނެވެ. ކުޑަހުވަދު އާއި ހުޅުދެއްޔާ ދެމެދު 11 ނޯޓިކަލް މޭލު ހުރެ އެވެ. ގައްބެއަށް ބިލެއްދޫން މަރުހަބާ ކިޔަނީ: ކޮންމެ ރަށަކުން ވެސް ބޮޑު ތަރުހީބެއް ލިބޭ-- ފޮޓޯ: އެޓޯލް ސެއިލާ/ ޖީއައި ޑްރޯން ގައްބެ ބުނީ މޫސުން ގޯސްވެއްޖެ ނަމަ އޭނާ ދަތުރު ނުކުރާނެ ކަމަށެވެ. އަދި މޫސުން ގޯސްވެގެން ދަތުރު ނުކުރަން ކަމާ ބެހޭ ފަރާތްތަކުން ލަފާ ދޭ ނަމަ އެކަން ގަބޫލުކުރާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. މޫސުން ގޯސްވާއިރު، ކައިރީގައި ފިނޮޅެއް ނުވަތަ ރަށެއް ފެންނަން ނެތް ނަމަ ގައްބެ ކަޓަމަރާން ބަންޑުން ޖަހާލަ އެވެ. އެކަމަކު ކޮޅިގަނޑެއްގައި ޖެހިގެން މިހާތަނަށް އުޅަނދު ބަންޑުން ޖަހާލީ އެންމެ ފަހަރަކު އެވެ. މ. ކޮޅުފުށިން ފުރައިގެން ލ. ފޮނަދުއަށް ދަތުރުކުރަނިކޮށް، ކަނޑު ގަދަވެ، ކަޓަމަރާން ދުއްވަން އުނދަގޫވުމުން އެ އުޅަނދު ބަންޑުން ޖަހާލައިގެން އޭގެ މަތީގައި އޭނާ ދެ ގަޑިއިރެއްހާއިރު އިނެވެ. އެކަމަކު މޫސުމަށް ބަދަލެއް ނައުމުން އެންމެ ފަހުން އޭނާ ތ. ގުރައިދުއަށް ވަނީ އެވެ. ވައިޖެހޭ ނިސްބަތަށް ބަލާއިރު، ކުރިއަށް އޮތް ގަޑިއެއް ނުވަތަ ދެ ގަޑިއިރެއްހާއިރު ތެރޭގައި ފީއައްޔަށް ދެވޭނެ ކަމަށް ބެލެވެ އެވެ. ގައްބެ މަޑުކުރާ ކޮންމެ ރަށަކުން ވެސް އަންނަނީ ހޫނު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން އޭނާގެ ކަޓަމަރާން ހުޅުދެއްޔާއި ފީއަލީގައި ބީއްސާލުމާ އެކު އެކި އުމުރުފުރާގެ މީހުން އަތިރި މައްޗަށް ނިކުމެ ތިއްބެވެ. ރާއްޖެ ވަށައިގެން ކުރާ މި ދަތުރުގައި އޭނާ ރަށްރަށަށް މަޑުކުރަނީ އެ
ރަށްރަށުގައި ހުންނަ އާސާރީ ތަންތަނާއި ގުދުރަތީ ރީތިކަން ދެކިލުމަށެވެ. އެ
މަންޒަރުތައް ފޮޓޯ ނަގައި ވީޑިއޯ ކުރަނީ ގައްބެގެ ދަތުރު އިންތިޒާމް ކުރާ
އެޓޯލް ސެއިލާއިންނެވެ. ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން، ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ހިންގާ
މި ހަރަކާތުގެ މެއިން ސްޕޮންސަރަކީ އެލިއާ އެވެ. "ހަވީރަ"ކީ މި ދަތުރުގެ
މީޑިއާ ޕާޓްނަރެކެވެ.
މޫސުން ކުޑަކޮށް ގޯސް، އެކަމަކު ގައްބެގެ ދަތުރު ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ