ކުށެއްގެ އިސްލާހު

"އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ލިސްޓުގައި ޓީވީއެމް!" މި ސުރުހީގެ ދަށުން "ސަން އޮންލައިން" އިން މިދިޔަ ހޮނިހިރު ދުވަހު ގެނެސްދިން ހަނބަރުގައި އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ޗެނަލްތަކުގެ ލިސްޓުގައި ޓީވީއެމް ހިމަނާފައިވާ ކަމަށް ލިޔެފާ ވަނީ ތަރުޖަމާ ކުރުމުގެ ކުށަކުން ކަމާއި އެ ހަބަރުގެ މަސްދަރުގެ ގޮތުގައި ބެލިފައިވާ "އިންޑިއާ ޓެލެވިޒަން ޑޮޓްކޮމް"ގައި ބުނެފައި ވަނީ އެ ލިސްޓުގައި ހިމެނޭ ބައެއް ޗެނަލްތަކަކީ އެ ގައުމުގެ ސަލާމަތަށް ނުރައްކާވާ އަޑާއި މަންޒަރުތައް ފޮނުވާ ޗެނަލްތައް ކަމަށެވެ. އަދި އެ ލިސްޓު އެކުލަވާލީ އިންޑިއާގެ ޑިފެންސް މިނިސްޓްރީ އިން ކަމަށް ލިޔެފައި ވަނީ ހަވާލާދިން ނޫހުގައި އެ ލިސްޓުގައި ވަނީ "އިންޑިއާ ސަރުކާރުގެ ސެކިއުރިޓީ އެޖެންސީތަކަށް ފާހަގަވި ޗެނަލްތަށް ކަމަށް" ލިޔެފައި ވާތީ އެގޮތަށް ރިއާޔަތް ކޮށްގެންނެވެ. ނަމަވެސް އިންޑިއަން ހައިކޮމިޝަނުން އެއީ އިންޑިއާގެ ޑިފެންސް މިނިސްޓްރީ އިން އެކުލަވާލި ލިސްޓެއް ނޫން ކަމަށާއި އެއީ އެގައުމުގެ އިންފޮމޭޝަން ޑިޕާޓްމެންޓުން އެކުލަވާލި ލިސްޓެއް ކަމަށް ވަނީ ބުނެފަ އެވެ. އެހެންކަމުން ކުރިން ޝާއިއު ކުރި ހަބަރު މިދެންނެވުނު ކަންކަން އިސްލާހުކޮށް، ނޫހުގައި ޖެހުނު ކުށަށް ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ