މަކީޓާ، ސްކޫލް ކުދިންގެ ފެތުމުގެ 14 ވަނަ މުބާރާތް އަންނަ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އަންނަ މަހުގެ 16 އިން 22 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތް، ކުރިއަށްދާނީ މާލޭ ސްވިމިންގ ޓްރެކްގައެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ މި މުބާރާތަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގައި މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރަމުންގެންދާ މަކީޓާ ޕަވަރ ޓޫލްސް އިން ސްޕޮންސަރ ކޮށްފައިވާ، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލެވިގެން ބޭއްވޭ މުބާރާތެއް ކަމަށެވެ.
މި މުބާރާތުގައި އަންނަނިވި އުމުރުފުރާތަކާއި، ކެޓަގަރީތަކުގެ އަންހެން އަދި ފިރިހެން ކެޓަގަރީތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އަންނަ މަހުގެ ތިންވަނަ ދުވަހުގެ ކުރިން ހުށައެޅުމަށް އެދޭ ކަމަށެވެ.
ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ