ރާޢްޖެގައި ކިޔަވައިދޭ ސްކޫލްތަކުގެ ތެރޭގައި 100 ދަރިވަރުން ހަމަނުވާ 49 ސްކޫލެއް އެބަރި ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކައިފިއެވެ.
އެމިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި ރާއްޖޭގައި ކުދިންނަށް ކިޔަވައިދޭ 278 ސްކޫލް އެބަހުއްޓެވެ. މީގެ ތެރޭގައި ދިހަ ކުދިން ހަމަ ނުވާ ސްކޫލަކާއި، 30 ކުުދިން ހަމަ ނުވާ ދެ ސްކޫލެއް އަދި 50 އަށް ވުރެ މަދު ދަރިވަރުން ކިޔަވާ 12 ސްކޫލެއް އެބަހުރިކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައެވެ. މީގެ އިތުރުން ރާއްޖޭގެ ސްކޫލްތަކުގެ ތެރޭގައި 100-50 ދެމެދުގެ އަދަދަކަށް ދަރިވަރުން އުޅޭ 34 ސްކޫލު ހިމެނޭކަމަށް އެ ތަފާސް ހިސާބުތައް ދައްކައެވެ.
12 ސްކޫލެއްގައި ތައުލީމު ހާސިލް ކުރާ ކުދިންގެ އަދަދު 1000 އިން މަތީގައި އުޅޭއިރު، 2000 ދަރިވަރުން ތައުލީމު ހާސިލްކުރާ އެއް ސްކޫލްވެސް ރާއްޖޭގައި އެބަހުއްޓެވެ.
އެޑިއުކޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މާލޭގެ ސްކޫލް ތަކުގައި 22،000 އަށް ވުރެ ގިނަ ކުދިން އަންނަނީ ތައުލީމު ހާސިލްކުރަމުންނެވެ. އޭގެ ތެރެއިން 38 ޕަސެންޓް ކުދިންނަކީ ރަށްރަށަށް ނިސްބަތްވާ ދަރިވަރުންނެވެ. ރާއްޖޭގައި ލައްކަ އަކަށް ވުރެ ގިނަ ކުދިން ސްކޫލް ތައުލީމު ހާސިލް ކުރަމުން އަންނައިރު، މީގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ މާލޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނެވެ.
ވަކިވަކި ގްރޭޑްތަކަށް ބަލާއިރު އެންމެ ގިނަ އަދަދެއްގެ ކުދިން މާލޭގައި ކިޔަވަނީ ގްރޭޑް ނުވައެއްގަ އެވެ. މީގެ އިތުރުން ގްރޭޑް އެކަކާއި ހަތެއްގައި ވެސް ރަށްރަށަށް ނިސްބަތްވާ ގިނަ ކުދިން މާލޭގެ ސްކޫލުތަކުގައި ކިޔަވަމުން އަންނަ ކަމަށް ތައުލީމާއި ބެހޭ ވުޒާރާގެ ރިކޯޑްތައް ދައްކައެވެ.
ރާއްޖޭގައި 100 ދަރިވަރުން ހަމަނުވާ 49 ސްކޫލް އެބަހުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ