ހަވީރު ނޫސް ހުއްޓާލާކަށް އަމުރެއް ނުކުރަން - ސިވިލް ކޯޓު

ހަވީރު ނޫސް ހުއްޓާލަން އަމުރުކޮށްފައިނުވާ ކަމަށް، ސިވިލް ކޯޓުން ވިދާޅުވެއްޖެއެވެ.
ސިވިލް ކޯޓުން މިގޮތަށް ވިދާޅުވެފައިމިވަނީ، "ހަވީރު ނޫސް" ހުއްޓާލުމަށް ސިވިލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ހަވީރު ނޫހުން ބުނެފައިވަނިކޮށެވެ.
ސިވިލް ކޯޓުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިދިޔަ މަހުގެ 31 ވަނަ ދުވަހު އެ ކޯޓުން ނެރުނު އަމުރުގައި ވަނީ، ހަވީރު ނޫހުގެ 50 އިންސައްތަ ހިއްސާގެ ހައްގުވެރިން ކަމަށްވާ، އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަންގެ ބައިވެރިވުން ނެތް ގޮތެއްގައި، ހަވީރު ނޫހާއި ހަވީރު ނޫސް އެޖެންސީ ނުހިންގުމަށް މުހައްމަދު ޒާހިރު ހުސެއިންއަށް އަމުކުރި ކަމަށެވެ.
"މި އަމުރުގައި ހަވީރު ނޫސް ހުއްޓާލުމަށް އަމުރުކޮށްފައިނުވާ ކަމަށާއި، އެހެންކަމުން އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަން ތަމްސީލުވާ ގޮތަށް، ހަވީރު ނޫހާއި ހަވީރު ނޫސް އެޖެންސީ ހިންގުމަކީ މަނާވެގެންވާ ކަމެއް ނޫންކަން މި އަމުރުން އެގެން އޮވޭ" ސިވިލް ކޯޓުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ހަވީރު ނޫހުގެ މިލްކުވެރިކަމާއި މެދު ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން، އަބްދުﷲ ފާޜޫޤް ހަސަން އާއި އިބްރާހީމް ރަޝީދު މޫސާގެ ބައިވެރިވުމެއް ނެތި، ހަވީރު ނޫސް ހިންގުން ވަގުތީ ގޮތުން ހުއްޓާލުމަށް ސިވިިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަމުރުކޮށްފައެވެ. އަދި އެ ދެ ފަރާތުގެ ބައިވެރިވުމެއް ނެތި، ހަވީރު ނޫހުގެ އޮންލައިން އެޑިޝަންގެ މަސައްކަތް ވެސް ކުރިއަށް ނުގެންދިޔުމަށް ސިވިލް ކޯޓުން މިއަދު ވަނީ އަންގާފައެވެ.
ސިވިލް ކޯޓުން ބުރާސްފަތި ދުވަހު އެ އަމުރު ނެރުނީ އެ މައްސަލާގައި ދައުވާ ކުރާ ދެ މީހުންގެ 50 ޕަސެންޓް އޮތުމާއި މިހާރު ހަވީރު ހިންގާ މުހައްމަދު ޒާހިރު ހުސައިންގެ ހިއްސާ އޮންނަނީ 25 ޕަސެންޓަށް ވުމުން، އެގޮތަށް އެދުނު މީހުންނަށް ލިބޭނެ ގެއްލުމަކަށް ބަލާފައި ކަމަށް، އެ ކޯޓުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ