އިނގިރޭސީން އަތުން ދިވެހިރާއްޖެ މިނިވަންވި އެއްބަސްވުމުގައި، 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ސޮއިކުރެއްވީ ކުރީގެ ރައީސް ހ. ވެލާނާގޭ އިބުރާހީމް ނާސިރެވެ. މި ޖީލުގެ މަދު ބަޔަކަށް ނޫނީ ރައީސް ނާސިރު ފެނިފައި ނުވިޔެއްކަމަކު، އެމަނިކުފާނާ ބެހޭގޮތުން ރައީސް މައުމޫންގެ ދައުރުގައި ހަދާފައިވާ އެތައް ލަވައެއް އަދިވެސް ދޭތެރެދޭތެރެއިން އަޑު އިވެއެވެ.
ކޮންމެއަކަސް، 1978 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރާއްޖޭގެ ރައީސްކަމާ ހަވާލުވެލެއްވީ މއ. ކިނބިގަސްދޮށުގޭ މައުމޫން އަބްދުލްޤައްޔޫމެވެ. އާދެ،ރައީސް މައުމޫނެވެ. ދިގު 30 އަހަރަށްފަހު، އެމަނިކުފާނުގެ ވެރިކަން ނިމިގެން ދިޔައީ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށްވުރެ އިތުރަށް ރައީސް ނަޝީދު ވޯޓް ހޯއްދެވުމުންނެވެ.
ނަމަވެސް، ރައީސް ނަޝީދުގެ ވެރިކަމަށް ތިން އަހަރު ވީތަނުން އެމަނިކުފާނު އިސްތިއުފާ ދެއްވައިފިއެވެ. އެމްޑީޕީ އިން ތުހުމަތުކުރާ ގޮތުގައި އެއީ ބަޣާވާތެކެވެ. އެކަމުގެ އަޑީގައި ހުންނެވީ ރައީސް މައުމޫން ކަމަށް އެމްޑީޕީއިން އެއިރު ބުނަމުން ގެންދިޔައެވެ. ރައީސް މައުމޫނަކީ ދުވަހަކުވެސް ވެރިކަމުގެ އިއްޒަތާއި ލައްޒަތުގެ މަތިން ހަނދުމަފުޅު ނެތޭނެ ބޭފުޅެއް ނޫންކަމަށް އެމްޑީޕީއިން ބުނަމުން ގެންދިޔައެވެ.
އެޔަށްފަހު، 2013 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ރައީސްކަމަށް ވަޑައިގަތީ މައުމޫންގެ ކޮއްކޯފުޅު، އަބުދުﷲ ޔާމީނެވެ.
މިހާރު، ޕީޕީއެމްގެ ދެ ފެކްޝަނުން ދައްކަމުން ގެންދާ ވާހަކައަށް ބަލާއިރު، ރައީސް ޔާމީންގެ ވެރިކަން ފެށުނު ހިސާބުން ފެށިގެންވެސް ރައީސް މައުމޫން ހުންނެވީ ކޮންމެހެން މި ވެރިކަމާ ރުހިވަޑައިގެން ނޫންކަން ދޭހަވެއެވެ. އަދި، މިހަފްތާގައި ރައީސް މައުމޫން ފާޅުގައި ނުކުންނެވުމުން، އެމަނިކުފާނަކީ ދުވަހަކުވެސް ވެރިކަން ނޫން އެހެން ކަމެއް ބޭނުންފުޅުވެލައްވާ ފަރާތެއް ނޫންކަން ކަށަވަރުވެފައިވާ ކަމަށް ގިނަބަޔަކު މިވަނީ ބުނަން ފަށާފައެވެ.
ރައީސް މައުމޫން: ވެރިކަމުގެ މަތިން ފޫހިވުމެއްނެތި ކުރިޔަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ