ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް ހާފް މެރަތަން 2026 (އެމްއެޗުއެމް26)ގެ އެކްސްލޫސިވް ބޭންކިން ޕާޓްނަރެއްގެ ގޮތުގައި އައިރަނާސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ތަފްސީލް - ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި ދުވުން އޮންނާނީ އަންނަ މަހު 14ގަ އެވެ.
ދެ ހާހަށް ވުރެ ގިނަ ބައިވެރިންނާ އެކު ބާއްވާ މި ދުވުން ކުރިއަށްދާނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހިމެނެނީ:
ހާފް މެރަތަން
15 ކިލޯމީޓަރު
10 ކިލޯމީޓަރު
5 ކިލޯމީޓަރު ފަން ރަން
5 ކިލޯމީޓަރު ވީލްޗެއަ ރޭސް
ކިޑްސް މައިލް
ފެމިލީ ރަންތައް
މި ދުވުމުގެ ހަރަކާތުގެ އިތުރުން، އައިރަނާސް އިން އިންތިޒާމުކޮށްގެން ތިން ދުވަހުގެ އެކްސްޕޯއެއް ހުޅުމާލޭ ދުވާ ޓްރެކްގައި އޮންނާނެ އެވެ. މި އެކްސްޕޯ އޮންނާނީ އަންނަ މަހު 11 އިން 13 އަށެވެ.
އެމްއެޗްއެމް26ގައި ބައިވެރިވެގެން ލިބޭ ފައިސާގެ ތެރެއިން ބައެއް، 'ޕްރޮޓެކްޓް ދަ ރީފް ކެމްޕޭން'ގެ ދަށުން މިއަހަރު ހަދިޔާ ކުރާނީ ސޭވް ދަ ބީޗަށެވެ.
އައިރަނާސްގެ ހާފް މެރަތަންގެ ބައިވެރިއަކަށް ބީއެމްއެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ