އިންޓަ ސްކޫލް ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ ސްކޫލް ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލުތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ. އެމްބީއޭ އިން ނެރުނު އިއުލާނެއްގައިވާ ގޮތުގައި އިންޓަ ސްކޫލް ތުރީ އޮން ތުރީ އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލުތަކުން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ކުރިން ބައިވެރިވާ އުމުރުފުރާ އެނގޭ ގޮތަށް ލިޔުމަކުން އެ އެސޯސިއޭޝަނަށް ހުށަހެޅުމަށެވެ. އެ މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލުތަކުން ޓީމު ލިސްޓުތައް މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ހުށަހަޅަން ޖެހެ އެވެ. މުބާރާތުގެ ގަވާއިދާއި ޓީމު ލިސްޓު ހުށަހަޅާ ފޯމުގެ އިތުރުން މުބާރަތާ ބެހޭ މައުލޫމާތު އެމްބީއޭގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ. އަންނަ މަހުގެ އެއް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ކުރިއަށް ގެންދަނީ ދެ އުމުރުފުރާއަކަށެވެ. އެއީ އަންހެން އަދި ފިރިހެން 14 އަހަރުން ދަށުގެ އުމުރުފުރާ އާއި، އަންހެން އަދި ފިރިހެން 16 އަހަރުން ދަށުގެ އުމުރުފުރާ އެވެ. އެ މުބާރާތުގައި އުމުރުފުރާތައް ވަކިން ކޮންމެ ސްކޫލެއްގެ އެންމެ އުންމީދީ ކުޅުންތެރިޔާ އާއި، ދެ އުމުރުފުރާގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި ޗެމްޕިއަން އަދި ރަނަރަޕް ޓީމުތައް ހޮވުމަށް ހަމަޖެހިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ