ކުޑަގިރި ކައިރީގައި ސްކޫލް ކުދިން ކޭމްޕް ދާނެ ރަށެއް ހަދަނީ

ސްކޫލް ދަރިވަރުން ކޭމްޕް ފަދަ ދަތުރުތައް ދިއުމަށް ކުޑަގިރި ޕިކްނިކް އައިލެންޑް ކައިރީގައި ރަށެއް ހަދަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ރައީސް ވަނީ ސްކައުޓް ކޭމްޕާއި ޖަމްބަރީ ފަދަ ހަރަކާތްތައް ބޭއްވުމަށް މާލެ ކައިރި ސަރަހައްދަކުން ދަތުރުދާނެ ރަށެއް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މާލޭގައި އުޅޭ މީހުން ދަތުރުދާން ހާއްސަކޮށްގެން ހެދި ކުޑަގިރި ހުޅުވުމަށް އެ ރަށުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކުޑަގިރި އެޗްޑީސީއާ ހަވާލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ސްކޫލް ދަރިވަރުން ދަތުރުދާނެ ރަށެއް ހެދުމަށް ޝަރުތުކޮށްފައިވާނެ ކަމަށެވެ. އެހެންވެ އެ މަސައްކަތް ލަސްނުކޮށް ނިންމައި އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
”އެއީ އެޑިއުކޭޝަން ދާއިރާގެ ތައުލީމު އުނގެނެމުންދާ ކުދިން ދަތުރު އައިސް ކޭމްޕްކޮށް ސްކައުޓުންނާއި ގާލްގައިޑުންނަށް އެ ހިދުމަތްތައް ލިބޭނެގޮތަށް ތައްޔާރުކުރެވޭ ރަށެއް،” ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ