ރާއްޖޭގެ މޫސުން ގޯސްވެފައިވަނީ ތޫފާނެއްގެ އަސަރުކޮށްގެންނެއް ނޫން: މެޓް

ރާއްޖޭގެ މޫސުން ގޯސްވެފައިވަނީ ތޫފާނެއްގެ އަސަރުކޮށްގެން ނޫން ކަމަށް މުސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ ރާއްޖެއާއި ދުރުން ދެކުނުގައި އުފެދިފައިވާ "ފެބިއެން" ތޫފާނުގެ އަސަރު ވެސް ރާއްޖެއަށް ނުކުރާނެ ކަމަށާއި ރާއްޖެއަށް މިހާރުކުރަމުންދަނީ ހުޅަނގުމޫސުމުގެ ވިއްސާރަ ކަމަމަށެވެ.
މީގެ އިތުރުން ބޭ އޮފް ބެންގާލްގައި އުފެދުނު ތޫފާނު "މޮކާ" ގެ ބާރުވެސް ދަށްވެފައިވާ ކަމަށާއި އެ ތޫފާން ރާއްޖެއާއި ދުރަށް ދަތުރުކޮށްފައިވާތީ، އެ ތޫފާނުގެ އަސަރުވެސް ރާއްޖެއަށް ކުރަމުން ނުދާ ކަމަށް އެ އިދާރާ އިން ބުނެއެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރަމުންދާއިރު، މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، އެ އިދާރާ އިން ވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓުވެސް ނެރެފައެވެ.
އެ އެލާޓުގައި ބޔނެފައިވަނީ އާއްމުގޮތެއްގައި 08 މޭލާ 23 މޭލާ ދެމެދުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށެވެ.
މީގެ އިތުރުން ވިލާގަނޑުގައި ކަނޑުތައް ގަދަވާނެތީ، މޫސުމަށް ސަމާލުވުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ