ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން: އެމްޑީޕީ ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓް އާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް، އެމްޑީޕީން ނިކުންނަ ފަރާތްތަކުގެ މެދުގައި ބާއްވާ އެޕާޓީގެ ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓް އާންމު ކޮށްފިއެވެ.
އެމްޑީޕީން ބުނީ މިމަހުގެ 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ދާއިމީ ވޯޓާސް ލިސްޓް ދައްކާ ގޮތުން ތިން ރަށުން ޖުމްލަ 844 މެންބަރުންނަށް އެމްޑީޕީ ޕްރައިމަރީގެ ވޯޓު ލުމުގެ ހައްގު ލިބިގެން ވެއެވެ.
އެގޮތުން، ކ. ގުޅިން 99 މެންބަރުންނާއި، ކ. މާފުށިން 366 މެންބަރުންގެ އިތުރުން ކ. ގުރައިދޫ އިން 310 މެންބަރުންނެވެ. އަދި ގުރައިދޫ ދާއިރާގެ މެންބަރުންގެ ތެރެއިން މާލެގައި ބަހައްޓާ ވޯޓު ފޮށްޓަށް ޖުމްލަ 69 މެންބަރުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީއަށް ހުޅުވާލުމާއި ގުޅިގެން ކުރިމަތިލި ކެންޑިޓޭޓުންގެ ލިސްޓް އާއްމުކޮށްފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.
ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެޕްރީލު 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00އިން ހަވީރު 4:00 އަށް ބާއްވަން ހަމަޖެހިފައިވާއިރު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައި ވޯޓު ގުނަން ފަށާނެއެވެ. އަދި މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލު 19، ވާ ބުދަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ