މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާއި ޕީކް ލޯޑަކާއި ގުޅުމެއް ނެތް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑުމާއި ގުޅުގެން ސްޓެލްކޯ އިން ބުނީ އެ ކުންފުނީގައި 120 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކެޕޭސިޓީ މިވަގުތު އެބަހުރި ކަމަށެވެ.
މީގެ އިތުރުން އިރާދަކުރެއްވިއްޔާ ޖެނެރޭޓިންގ ކެޕޭސިޓީ ނެތިގެން އެއްވެސް މައްސަލައެއް ދިމައެއް ނުވާނެ ކަމަށެވެ.
މާލެ ސަރަހައްދުގެ ކަރަންޓު ދޭތެރެދޭތެރެއިން ކެނޑި، އާންމުންނަށް އެކަމުގެ ދަތިތައް ކުރިމަތިވާތީ ސްޓެކޯ އިން ގެންދަނީ އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މާލެ ސަރަޙައްދުގެ ހަކަތައިގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގާ ސިކްސްތު ޕަވަރ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާއި ޕީކް ލޯޑަކާއި ގުޅުމެއް ނެތް: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ