ވަރިވާން ދިޔަ އަންހެނަކަށް ހދ. އަތޮޅުގެ ކޯޓެއްގެ ގާޒީއަކު ގުޅާ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
ހދ. އަތޮޅުގެ ރަށެއްގެ ކޯޓަކަށް ވަރިވާން އެދި ކޯޓަށް ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެން މީހާއަށް އެ ކޯޓުގެ މެޖިސްޓްރޭޓް ފޯނުން ގުޅާ ކަމަށް ތުހުމަތުކޮށް ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ސާފެއް ނުވެ އެވެ.
އެ މައްސަލަ ޖޭއެސްސީން މިހާރު ދަނީ ބަލަމުންނެވެ. މައްސަލަތަކާ ގުޅިގެން އެ މައްސަލަތަކުގައި ހިމެނޭ މީހުންނާ ކޯޓުން ބޭރުގައި ފަނޑިޔާރުން މުއާމަލާތް ކުރުމަކީ މަނާ ކަމެކެވެ.
ސުލޫކީ އެހެން މައްސަލަތަކެއްގައި އެ މެޖިސްޓްރޭޓްގެ މައްސަލަ ޖޭއެސްސީން ކުރިން ބަލާފައިވެ އެވެ.
މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު ހދ އަތޮޅުގެ މެޖިސްޓްރޭޓަކު ކޯޓުން ބޭރުގައި އުޅުއްވަނިކޮށް މަރުގެ އިންޒާރުދިން މައްސަލައެއްވެސް މިހަފްތާގައި ވަނީ ފެންމަތިވެފަ އެވެ.
ހދ. އަތޮޅުގައި ވަރިވާން ދިޔަ އަންހެނަކަށް ގާޒީ ގުޅި މައްސަލަ ޖޭއެސްސީން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ