ގާޒީ ޝަކީލްގެ މައްސަލަ މަޖިލީހަށް

ޝަކީލްގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމާމެދު ސުވާލު އުފައްދާ އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.
ޝަކީލްގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރެވެ. އޭނާ ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ ސަރުކާރުގެ އިސްވެރީންގެ އަގުލަބިއްޔަތު އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަނާއި ގުޅިގެން ސަރުކާރުން ރައީސް ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުންނަށް ޝަރުއީ ދާއިރާގެ އެންމެ މަތީ ކޯޓްތަކުން އިސް މަގާމުތައް ދިނުމަކީ ޔާމީންގެ މައްޗަށް އަނިޔާވެރިވުމަށް ސަރުކާރުން ހިތްވަރު ދެމުންދާކަން ވަރަށް ސާފުކޮށް އެނގޭ ކަމެއް ކަމަށެވެ. އަދި މި ކަމަކީ ޝަރުއީ ނިޒާމަށް ރައްޔިތުން ކުރަން ޖެހޭ އިތުބާރަށް ބުރޫއަރާ ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެދާނެ އަދި ގައުމުގެ ސުލްހަމަސްލަހަތު ގެއްލި މުޅި ގައުމު ހަރާބުގެ މަގަށް ފުރޮޅިގެން ހިނގައިދާނެ ބިރުވެރި ކަމެއް ކަމަށެވެ.ރައީސް ޔާމީނަށް ކްރިިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓްގައި އިސްތިއުނާފު ކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން އެ ހުކުމް ކުރި ގާޒީ ހައިކޯޓްގެ މަގާމަކަށް ކުރިއެރުން ދިނުމަކީ ހައިކޯޓްގައި އިސްތިއުނާފު ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާފައިވާ މައްސަލައަށް އިންސާފު ލިބުމަށް ހުރަސް އަޅައި އެ މައްސަލައަށް ސަރުކާރުގެ ނުފޫޒު ސިއްރާއި ފާޅުގައި ފޯރުވައި ސަރުކާރުން ބޭނުންވާ ގޮތަކަށް ހުކުމް ކުރުމަށް ހިންގާފައިވާ ކަމެއްކަމުގައި ދެކޭ ކަމަށްވެސް ބުނެފައިވެއެވެ.އަދި އެކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމެއް ކަމަށްވެސް އާދަމް ޝަރީފް ހުށައެޅުއްވި މައްސަލާގައި ވެއެވެ.އެހެން ކަމުން އެ މައްސަލަތައް ޖުޑީޝަރީ ކޮމެޓީ މެދުވެރިކޮށް ބަލައިދިނުމަށް އޭނާ ވަނީ އެދިފައެވެ.ޝަކީލް ހައިކޯޓަށް އައްޔަނުކުރަން ނިންމާފައިވާއިރު، އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ވެސް ބެއްލެވި ގާޒީ އެވެ. ވ. އާރަށު މައްސަލަ ބެއްލެވުމަށް ފަހު ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ