ސިޔާސީ ހުކުމެއްކޮށް މަގާމުގެ ކުރިއެރުން ހޯދިޔަސް އެ މަގާމުވެސް ގެއްލޭނެކަމަށާއި އަދި ޖިނާއި ތަހްގީގާވެސް ކުރިމަތިލާން ޖެހޭނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް)، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލަށް ބަހުގެ ހަމަލާއެއް ފޮނުއްވައިފިއެވެ.
ޓޮމް މިފަދައިން ވިދާޅުވެފައިމިވަނީ ގާޒީ ޝަކީލު، ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމާ ފަނޑިޔާރުން ހުވާ ކުރާ ތާރީޙް ހާމަކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ޓޮމް ވިދާޅުވީ ރައީސް ޔާމިނަށް ހަރާމް ހުކުމްކުރި ގާޒީ ޝަކީލް ހައިކޯޓްގެ ހުވާކުރުން މިއަންނަ ހޯމަދުވަހަށް ތާވަލްކޮށްފައިވާކަމަށާއި ނަމަވެސް ސިޔާސީ ހުކުމްކުރި ފަނޑިޔާރުގެ މައްސަލަ ނުބަލާނެކަމަށް ހީކުރުމަކީ މޮޔަކަމެއްކަމަށެވެ.
މެންބަރު އިތުރަށް ވިދާޅުވީ ގާޒީ ޝަކީލަށް ހުވާތިކުރެވެނީ 6 މަސްދުވަހަށްކަމަށާއި އޭނާއަށް މަގާމުވެސް ގެއްލޭނެކަމަށެވެ. އަދި ޖިނާއީ ތަހްޤީޤާވެސް ގާޒީ ޝަކީލް ކުރިމަތިލައްވަން ޖެހޭނެކަމަށް ޓޮމް ވިދާޅުވެފައިވެއެވެ.
ޝަކީލަކީ، މަނީ ލޯންޑަރިންގެ މައްސަލައިގައި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރެއްވި ފަނޑިޔާރެވެ. އޭނާ ހައި ކޯޓަށް އައްޔަން ކުރަން ޖޭއެސްސީން ނިންމީ އެ ކޮމިޝަނުން ބުނިގޮތުގައި އެ ކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އޭނާ ކުރިމަތިލުމުން ކޮމިޓީން އިންޓަވިއު ކުރުމަށް ފަހުއެވެ.
ޓޮމް ގާޒީ ޝަކީލަށް: މަގާމުވެސް ގެއްލޭނެ، ޖިނާއީ ތަހްގީގާވެސް ކުރިމަތިލާންޖެހޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ