މަތިވެރި ދާއިރާގެ މެންބަރު ޒަރީރަށް ތޫނު އެއްޗަކުން ޙަމަލާ ދީފި

މަތިވެރި ދާއިރާގެ މަޖިލިސް މެމްބަރު ޙަސަން ޒަރީރަށް ތޫނު އެއްޗަކުން ޙަމަލާ ދީފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ވޮއިސް" އަށް ވިދާޅުވީ، މެންބަރު ޒަރީރަށް ޙަމަލާ ދިންކަމުގެ މައުލޫމާތު އެ އިދާރަށް ލިބުނީ މިއަދު ފަތިހު 05:08 ހާއިރު ކަމަށެވެ.
އަދި ޒަރީރަށް ޙަމަލާ ދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް ކަމަށާ ޙަމަލާ ދިނީ ކޮން ބައެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
Advertisement
މީގެ އިތުރުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ޙަމަލާއާ ގުޅިގެން ލިބުނު އަނިޔާއަށް މެންބަރު ޒަރީރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފައިވާ ކަމަށެވެ. 
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ