ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެލް ގައި ޕެނަމާ ބަލިކޮށް، އެއްވަނަ އިންގްލެންޑް އަދި ޤާނާ ބަލިކޮށް، ދެވަނަ ކްރޮއޭޝިޔާ ހޯދައިފިއެވެ.
ގްރޫޕް ސްޓޭޖްގައި މި ގްރޫޕްގެ ފަހު ދެ މެޗު ކާމިޔާބުކޮށް އިންގްލެންޑާއި ކްރޮއޭޝިޔާ އެއްވަނަ ޓީމާއި ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރު ޔަގީން ކުރި ނަމަވެސް ޤާނާވެސް ވަނީ 4 ޕޮއިންޓާއެކު ގަދަ 32 ޓީމް ވާދަކުރާ ބުރަށް ދަތުރުކޮށްފައެވެ.
ޕެނަމާގެ މައްޗަށް އިންގްލެންޑް ކުރިހޯދީ 2-0 ނެވެ. މެޗުގައި އިންގްލެންޑްގެ ދެ ލަނޑު ދެވަނަ ހާފްގައި ފަސް މިނިޓްގެ ތެރޭގައި ޖެހީ ބެލިންގހަމް އާއި ހެރީ ކޭން އެވެ. 62 ވަނަ މިނިޓްގައި ބެލިންގހަމް ލީޑް ނަގައިދިނީ ބުކަޔޯ ސަކާ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. އަދި އޭގެ ހަތަރު މިނިޓް ފަހުން ކޭން ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ބެލިންގހަމް އެވެ.
މިގްރޫޕުން ދެވަނަ ކްރޮއޭޝިޔާ ޔަގީން ކުރީ 2-1 ން ޤާނާ ބަލިކޮށްގެންނެވެ. ފުރަތަމަ ހާފްގައި ކްރޮއޭޝިޔާއަށް ލީޑް ނަގައިދިނީ ޕީޓަރ ސުސިޗް އެވެ. ދެވަނަ ހާފްގައި ޑެރިކް ލުކައްސެން ލަނޑު ޖަހާ ޤާނާއަށް ނަތީޖާ ހަމަހަމަކޮށްދީފައި ވަނިކޮށް، ކްރޮއޭޝިޔާއިން ދެވަނަ ޔަގީންކުރި ލަނޑު ޖެހީ 83 ވަނަ މިނިޓްގައި ނިކޯލާ ވްލަސިޗް އެވެ.
އިންގްލެންޑް ގްރޫޕްގެ އެއްވަނަ ހޯދީ ތިން މެޗުން 7 ޕޮއިންޓާއެކުއެވެ. ކްރޮއޭޝިޔާ 6 ޕޮއިންޓް ހޯދިއެވެ. އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމްތަކުގެ ތެރޭގައި ޤާނާ ހިމެނުނީ 4 ޕޮއިންޓާއެކުއެވެ.
އެއްވަނަ އިންގްލެންޑަށް، ޤާނާ ބަލިކޮށް ދެވަނަ ކްރޮއޭޝިޔާއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ