ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ހުސެއިން ޝަހީދު

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނާއިބު ރައީސް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސ. ހިތަދޫ، ބާޒީގެ ހުސައިން ޝަހީދު، އައްޔަނުކުރައްވައިފިއެވެ.
ޝަހީދު, އެ މަގާމަށް އައްޔަނުކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޔަޒްމީދު, ޖޭއެސްސީގައި އިންނެވީ ރައީސް އައްޔަނު ކުރައްވާ މެންބަރެއްގެ ގޮތުގައެވެ.
މެއި މަހުގެ 18 ވަނަ ދުވަހު ޔަޒްމީދު އިސްތިއުފާ ދެއްވިއިރު އޭނާ ހުންނެވީ ކޮމިޝަންގެ ނާއިބު ރައީސަކަށެވެ.
ފަނޑިޔާރު ޝަހީދަކީ، ހައި ކޯޓުގެ އިސްފަނޑިޔާރުކަމާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންއަކީ 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އެ ކޮމިޝަނުގެ ރައީސަކީ އަލްއުސްތާޒު ހުސްނީ މުބާރިކްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ