ސިޔާސީ ޕާޓީއަކަށް ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވާތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް މިއަދު އުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑިމޮކްރެޓްސް އުވާލީ އެ ޕާޓީގައި 3000 މެންބަރުން ހަމަނުވާތީ ކަމަށެވެ. މިއަދުން ފެށިގެން ސިޔާސީ ޕާޓީތަކުގެ ދަފުތަރުން ޑިމޮކްރެޓްސް އުނިކޮށްފައިވާ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.
ޑިމޮކްރެޓްސްގެ އިތުރުން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ވެސް ވަނީ އުވާލައިފަ އެވެ. އެ ޕާޓީ ވެސް އުވާލީ ލާޒިމުވާ އަދަދަށް މެންބަރުން ހަމަނުވެގެންނެވެ.
ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އުވާލިއިރު، މީގެ ކުރިން ވެސް އެއްފަހަރު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އުވާލައިފަ އެވެ. ނަމަވެސް އޮކްޓޯބަރު، 2025، ގައި ސިވިލް ކޯޓުން ވަނީ ކޮމިޝަނުގެ އެ ނިންމުން ބާތިލުކޮށްފަ އެވެ.
ދަ ޑިމޮކްރެޓްސް އުފެއްދީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީ އިން ނަޝީދު ބަލިވުމުންނެވެ. އޭގެ ފަހުން ޕާޓީގެ ތެރޭގައި ވަކި ފެކްޝަނެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަތުމަށްފަހު ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދީ ޖުލައި، 2023، ގަ އެވެ.
އެމްޑީޕީއާ ދުރުގައި ދެ އަހަރެއްހާ ދުވަސް ހޭދަ ކުރެއްވުމަށްފަހު ނަޝީދު އަލުން އެނބުރި އެމްޑީޕީއަށް ސޮއި ކުރެއްވީ ޖޫން، 2025، ގަ އެވެ.
މެންބަރުން ހަމަނުވެގެން ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް އުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ