ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޔޫއެސް ޑޮލަރު ޑެބިޓް ކާޑުން ވިޔަފާރިކޮށްގެން ކޮންމެ ހަފުތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އަންނަ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭންކުން ދޫކުރާ ޑޮލަރު ޑެބިޓް ކާޑަކަށް އަލަށް އެޕްލައިކުރަންޖެހެއެވެ. އަދި އެ ކާޑުން މަދުވެގެން 100 ޑޮލަރުގެ މުއާމަލާތްތައް ކުރަންޖެހޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.
މި ގޮތުން ޑޮލަރު ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކޮށްގެންނާއި ސަބްސްކްރިޕްޝަންތަކަށް ފައިސާ ދައްކައިގެންނާއި ޓިކެޓް ނަގައިގެންނާއި ޑިޖިޓަލް ޚިދުމަތްތަކަށް ފައިސާދައްކައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލް ޑޮލަރު ކާޑުން ވިޔަފާރިކޮށްގެން ހަފްތާއަކު 1،000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ