ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ރަޝީދު އަވަހާރަވެއްޖެެ
ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ރަޝީދު މިއަދު އަވަހާރަވެއްޖެއެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ރަޝީދު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވުމަށްފަހު، މިއަދު އައިޖީއެމް ހޮސްޕިޓަލުގައެވެ. ރަޝީދަކީ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާ ތަމްސީލްކުރެއްވި ޕީޕީއެމްގެ މެންބަރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށްފަހުގައި ވެސް އޭނާ ގެންދެވީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އޭނާ ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް، ޕީއެންސީ)ގެ ދުވަސްވަރު އެ ކޯލިޝަންގެ އެތެރޭގެ އިންތިޚާބުތައް އިންތިޒާމުކުރުމުގައި އިސްކޮށް މަސައްކަތް ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ