ކަނޑޫމާ ތިލަ ކައިރިޔަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން މިއަދު ހޯދާފައިވާއިރު، އެމީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މާފުށީ ކައިރީ އޮންނަ ކަނޑޫމާ ތިލަ ކައިރިޔަށް، މިއަދު ހެނދުނު ޑައިވިނަށް ފޭބި ޖަޕާނު ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތްކުރަމުން އަންނަކަން އެމްއެންޑީއެފުން ހާމަކުރީ މެންދުރު 2:14 ގައެވެ.
އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ކުރަމުންދަނިކޮށް، އެމީހާފެނިފައިވާކަމަށް އެމްއެންޑީއެފުން ވަނީ އިރުއޮއްސި 6:14 ގައި ބުނެފައެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން އެމީހާގެ ހަށިގަނޑު ފެނުނީ މިއަދުގެ ހަވީރު 5:17 ހާއިރުއެވެ.
އެނގިފައިވާ ގޮތުގައި، އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ގެއްލިގެން ހޯދި ފަތުރުވެރިޔާ އޮތީ މަރުވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ