ސަރުކާރު ކުންފުނިތައް ނުވަތަ އެސްއޯއީތަކުން މިދިޔަ އަހަރު ލިބުނު ފައިދާއިން ސަރުކާރަށް ދެއްކި ޑިވިޑެންޑުގެ ގޮތުގައި ބަޖެޓަށް 224 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
ތަފްސީލް - ފިނޭންސް މިނިސްޓްރީން މިދިޔަ ހަފްތާގައި އާންމުކޮށްފައިވާ ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި މަހު 10ގެ ނިޔަލަށް ސަރުކާރު ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި 224 މިލިއަން ރުފިޔާ ވަނީ ބަޖެޓަށް ލިބިފަ އެވެ. އެއީ:
މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 164 މިލިއަން ރުފިޔާ އިތުރު އަދަދެއް
މިދިޔަ އަހަރުގެ އެ މުއްދަތުގައި ސަރުކާރު ކުންފުނިތަކުގެ ޑިވިޑެންޑަށް ލިބިފައި ވަނީ 60 މިލިއަން ރުފިޔާ
ސަރުކާރު ކުންފުނިތަކުގެ ޑިވިޑެންޑުގެ ގޮތުގައި މިއަހަރު ނިމޭއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނޭ ކަމަށް އަންދާޒާކޮށްފައި ވަނީ 710 މިލިއަން ރުފިޔާ އެވެ. އެހެންކަމުން:
މިހާތަނަށް ލިބުނު 224 މިލިއަން ރުފިޔާއަކީ އަންދާޒާކޮށްފައިވާ އަދަދުގެ %32
ގުޅުންހުރި - މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށް 527 މިލިއަން ރުފިޔާ އިތުރުވެ ޖުމްލަ އާމްދަނީ ވަނީ 11.2 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. ނަމަވެސް:
ޓެކްސް އާމްދަނީން 64 މިލިއަން ރުފިޔާ ވަނީ މަދުވެފައި
ޓެކްސް ނޫން ގޮތް ގޮތުން ލިބުނު އާމްދަނީން 581 މިލިއަން ރުފިޔާ ވަނީ އިތުރުވެފައި
މީގެ އިތުރަށް ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ ވަނީ 56 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
އެނގުން މުހިންމު - މިއަހަރުގެ ބަޖެޓުގެ ޖުމްލައަކީ 57 ބިލިއަން ރުފިޔާ އެވެ. އާމްދަނީގެ ގޮތުގައި ލިބޭނޭ ކަމަށް ލަފާކޮށްފައި ވަނީ 39 ބިލިއަން ރުފިޔާ އެވެ. އަދި ބަޖެޓް ޑެފިސިޓަކީ 9 ބިލިއަން ރުފިޔާ އެވެ.
ސަރުކާރު ކުންފުނިތަކުގެ ފައިދާއިން ބަޖެޓަށް 224 މިލިއަން ރުފިޔާ ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ