ފިރިމީހާ މަރާލި މައްސަލައިގައި ހުކުމް އިއްވަން ސުޕްރީމް ކޯޓުން ތާވަލުކޮށްފި

ކުރީގެ ފިރިމީހާ މަރާލި މައްސަލައިގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ހ. ބައިކެނޑި، މަރިޔަމް ނަޒާހާގެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް އިއްވުމަށް ތާވަލު ކޮށްފި އެވެ. ނަޒާހާގެ ޤަޟިއްޔާ ނިންމާލަން ތާވަލުކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުގަ އެވެ.ނަޒާހާ، އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދު މަރާލި މައްސަލައިގައި 25 އަހަރަށް ޖަލަށްލުމަށް ޖިނާއީ ކޯޓުން ހުކުމް ކުރީ 2011 ވަނަ އަހަރުގަ އެވެ. މި ހުކުމް އިސްތިއުނާފު ކުރުމުން ހައިކޯޓުން 2015 ވަނަ އަހަރު ވަނީ ދަށު ކޯޓު ހުކުމަށް ތާއީދު ކޮށްފަ އެވެ.ނަޒާހާގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ގިނަ ދުވަސް ވަންދެން އެ މައްސަލަ ޕާކު ވެފައި ވެސް އޮތެވެ. މި މައްސަލައިގެ އަޑުއެހުންތައް ނިމުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ހުކުމަކާއި ހަމަޔަށް މި އައީ ވެސް ފަނޑިޔާރުންގެ މޭޒުމަޔީގައި ފައިލްތައް ހުންނަތާ 2 އަހަރު ފަހުންނެވެ.މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަޞިމް އަދުނާނާއި އިތުރު ހަތަރު ފަނޑިޔާރުންނެވެ. ނަޒާހާ ކުރިން ކޯޓުގައި ބުނެފައިވަނީ ޝާހިދު މަރާލީ ގެވެށި އަނިޔާއިން ސަލާމަތްވުމަށް އަމިއްލަ ދިފާޢުގައި ދިން ހަމަލާއަކުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ