ގޯލްޑަން ފުޓްސަލް ޗެލެންޖް: މާލެ ޒޯނުގައި ފުރަތަމަ މޮޅު ވިލިމާލެ އާއި މައްޗަންގޯޅި އަށް ގޯލްޑަން ފުޓްސަލް ޗެލެންޖް: މާލެ ޒޯނުގައި ފުރަތަމަ މޮޅު ވިލިމާލެ އާއި މައްޗަންގޯޅި އަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި މާލެ ޒޯނުގައި ކުޅުނު ފުރަތަމަ މެޗުތަކުން ވިލިމާލެ އާއި މައްޗަންގޯޅިން ކާމިޔާބު ހޯދައިފި އެވެ.
މާލެ ޒޯންގެ އެންމެ ފަހުގެ ޗެމްޕިއަން، މާފަންނު އަތުން 4-3 އިން މައްޗަންގޯޅި މޮޅުވިއިރު، އެންމެ ފަހުގެ ރަނަރަޕް، ވިލިމާލޭން ހުޅުމާލެ އަތުން މޮޅުވީ ފަަަހަތުން އަރައި 2-1 އިންނެވެ.
ރޭގެ މެޗުގައި މާފަންނު ޓީމުގެ ލަނޑުތައް ޖެހީ، މުހައްމަދު ހަމްދޫން ދެ ގޯލާއި މުހައްމަދު ވާއިލް އެވެ. މައްޗަންގޯޅި ޓީމުގެ ލަނޑުތައް ޖެހީ، ރިލްވާން ވަހީދު (ރިލޭ)، މުހައްމަދު ނަޒާމް، ހުސެއިން ސަވީލް އަދި ސިނާން އިބްރާހިމް ރަޝީދު އެވެ.
މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުގައި ފުރަތަމަ ފަހަރަށް ވާދަކުރި ވިލިމާލޭން މި ފަހަރުގެ މުބާރާތް ފަށަން ޖެހުނީ ތަންކޮޅެއް އުނދަގޫކޮށެވެ. ފުރަތަމަ ހާފު ނިމުނުއިރު، ރޭ އެ ޓީމު އޮތީ ހުޅުމާލެ އަށް ވުރެ ފަހަތުގަ އެވެ. އެއީ، ހުޅުމާލެ ޓީމުގެ، މުހައްމަދު ނައްވާފް ލަނޑެއް ޖަހައި އެ ޓީމަށް ލީޑުނަގައިދިނުމުންނެވެ.
ފުރަތަމަ ހާފުގައި ވިލިމާލޭން ޖެހި ގިނަ ހަަމަލާތަކެއް ހުޅުމާލެ ކީޕަރު، މުހައްމަދު ޒުހަލް ވަނީ މަތަކޮށްފަ އެެވެ. އެކަމަކު، ދެ ވަނަ ހާފު ފެށިގެން މާ ލަސްތަކެއް ނުވެ، އިސްމާއިލް ވަޖީހު (ވައްޖެ) ވަނީ ވިލިމާލެ އަށް އެއްވަރުކޮށްދީފަ އެވެ. އަދި ވިލިމާލެ މޮޅުކޮށްދިން ގޯލު އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ކާމިޔާބުކުރީ، އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އެވެ.
20:00: ޒޯން 4: އއ. މަތިވެރި - ވ. ކެޔޮދޫ
20:00: ޒޯން 4: އއ. ތޮއްޑޫ - އދ. މަހިބަދޫ
21:00: ޒޯން 2: ށ. މިލަންދޫ - ށ. ކަނޑިތީމު
21:00: ޒޯން 2: ރ. ދުވާފަރު - ނ. މިލަދޫ
22:00: ޒޯން 7: ގއ، ދެއްވަދޫ - ގދ. ވާދޫ
22:00: ޒޯން 7: ގއ. ވިލިނގިލި - ދަޑިމަގު
23:00: ޒޯން 7: ސ. ހިތަދޫ - ސ. ފޭދޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ