މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެސްޓީއޯއަށް ހަތް ޕަސަންޓުގެ ކުރިއެރުމެއް މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެސްޓީއޯއަށް ހަތް ޕަސަންޓުގެ ކުރިއެރުމެއް

މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބި، އޭގެ ކުރީ އަހަރަށް ވުރެ ހަތް ޕަސަންޓުގެ ކުރިއެރުމެއް އެސްޓީއޯއިން ހޯދައިފި އެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އާމްދަނީ ހަތަރުވަނަ ކުއާޓަރުގައި ރަނގަޅުވީ ވިޔަފާރި ރަނގަޅުވުމުން ކަމަށާއި އެއާ އެކު ޖުމްލަ ފައިދާ އޭގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު އަށް ޕަސަންޓު އިތުރުވެ، ޖުމްލަ ފައިދާގެ ގޮތުގައި 637 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ.
މިދިޔަ އަހަރު އެސްޓީއޯގެ ޖުމްލަ އާމްދަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ހަ ޕަސަންޓުގެ ދަށްވުމެކެވެ.
"ޖުމްލަ ފައިދާ ދަށްވުމާއިއެކު ހިންގުމުގެ ފައިދާ ދަށްވެ، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ. އެސްޓީއޯގެ ހަތަރުވަނަ ކުއާޓަރުގެ ޖުމްލަ ފައިދާ ރަގަޅު ވުމާއިއެކު ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ވަނީ 218 މިލިއަން ރުފިޔާ ލިބިފައިވޭ،" އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނީ އާމްދަނީ މުޅި އަހަރަށް ދަށްވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ އެކު ކުންފުނިން ވިއްކަމުންދިޔަ ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވި، ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށް ކުރުމާ އެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމުން ކަމަށެވެ.
އެސްޓީއޯއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ ދަށްވުމެކެވެ. އެކަމަކު އެސްޓީއޯގެ ހިންގުމުގެ ހަރަދު މިދިޔަ އަހަރު އޭގެ ކުރީ އަހަރަށްވުރެ އަށް އިންސައްތަ ދަށް ކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެއިތުރުން މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން އެސްޓީއޯއަށް ލިބުނު ސާފު ފައިދާއަކީ 812 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރަށްވުރެ 19 ޕަސަންޓުގެ ދަށްވުމެކެވެ. އަދި ސާފު ފައިދާގެ ގޮތުގައި 717 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ