ދިރާގުން ރޯދަ މަހަށް ހާއްސަ އޮފާތަކެއް ދިރާގުން ރޯދަ މަހަށް ހާއްސަ އޮފާތަކެއް

އުމުރުން 12 އަހަރުގެ މިޝާގެ ހާއްސަ ޗެލެންޖަކާ އެކު ދިރާގުން ރޯދަ މަހަށް ހާއްސަކޮށް ތަފާތު އޮފާތަކެއް އިއުލާންކޮށްފި އެވެ.
ރޯދައަށް ހާއްސަކޮށް ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިޝާ ބައިވެރިވިއިރު، އޭނާގެ ރޯދަ ޗެލެންޖާ ގުޅޭ ތަފްސީލުތައް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ރޯދަ މަހުގެ ތެރޭގައި އެ ޗެލެންޖުގެ މައުލޫމާތުތައް ހާމަކުރާނެކަން ވަނީ އިއުލާން ކޮށްފަ އެވެ.
ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހް އާދަމް ވިދާޅުވީ މިފަހަރުގެ ރޯދަ މަހު ލުއި ފަސޭހަތަކާ އެކު އިނާމު ލިބިގެންދާނީ މިޝާގެ ރޯދަ ޗެލެންޖުން ކަމަށެވެ. އެގޮތުން އެ ޗެލެންޖުގައި ގިނަ ބަޔަކު ބައިވެރިވުމަށް ވަނީ ދައުވަތު ދީފަ އެވެ.
ދިރާގުން ރޯދަ މަހު ކަސްޓަމަރުންނަށް ދޭ އެންމެ ވަރުގަދަ އޮފާއަކީ ކޮންމެ ދުވަހަކު ދިރާގު އެޕް މެދުވެރިކޮށް ކަރާ ފަޅައިގެން ދެ ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތެވެ. އަދި ވަކި އަދަދަކަށް ކަރާ ފަޅައިގެން ހާއްސަ އިނާމުތައް ވެސް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބެ އެވެ.
ކަރާ ފަޅައިގެން ލިބޭ އިނާމުތަކުގެ ތެރޭގައި 10 ޖީބީ ހިލޭ ޑޭޓާ، އެއާޕޮޑް، ސެމްސަން އެސް 25 ފޯން، އެއް ޓީބީ ހިލޭ ޑޭޓާ އަދި ސްވިޒަލޭންޑަށް ޗުއްޓީ ދަތުރެއް ހިމެނެ އެވެ.
• ހަދިޔާކޮށްގެން ހަދިޔާ ހޯދުމުގެ ފުރުސަތު: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، އެހެން ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު.
• މެޖިކް ޑޭޓާ: ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ސިލެކްޓް ޑޭޓާ އެޑް-އޮން އެކްޓިވޭޓްކޮށްގެން ހިލޭ ބޯނަސް ޑޭޓާ ހޯދުމުގެ ފުރުސަތު.
• ހިލޭ 5ޖީ ރައުޓަރެއް: އަލަށް 5ޖީ ޓަބޯ ހިދުމަތް ނަގާ ކަސްޓަމަރުންގެ ތެރެއިން 549ރ. އިން މަތީގެ ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް 5ޖީ ރައުޓަރެއް ހިލޭ ލިބޭނެ.
• ހިލޭ އައިއެމްއޯ: ދިރާގު އެޕުން އެޑް-އޮން އެކްޓިވޭޓްކޮށްގެން ހިލޭ އައިއެމްއޯ، 90 ދުވަހުގެ މުއްދަތައް ލިބޭނެ. އެއީ، ބިދޭސީ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެއް.
މީގެއިތުރުން ދިރާގުން ވަނީ ރޯދަ މަހަށް ހާއްސަކޮށްގެން ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަށް 150،000ރ. ހަދިޔާކުރަން ނިންމާފަ އެވެ. ދިރާގުގެ ކަސްޓަމަރުންނަށް ވެސް އެ ފުރުސަތު ފަސޭހަ ކަމާ އެކު ފޯރުކޮށްދިނުމަށް ދިރާގު އެޕް މެދުވެރިކޮށް ރޯދަ މަހު ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު އެ ކުންފުނިން ވަނީ ތަނަވަސްކޮށްދީފަ އެވެ.
ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.
ދިރާގުން މި ރޯދަ މަހު ވެސް ގުޑި-ފެސްޓް އަދި ތަށިބަރި މޫވްމަންޓް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން ދިރާގާއި މަމްސް އެއިޑް ގުޅިގެން މި އަހަރު ވެސް "ރަމަޟާން އެއިޑް" ކެމްޕެއިންގެ ދަށުން، އެހީއަށް ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިރާގުން ކޮންމެ ރޯދަ މަހެއްގެ އިތުރުން ކޮންމެ އަހަރަކު ވެސް އެކި މަސްތަކަށް ބަހާލައިގެން ކަސްޓަމަރުންނަށް ހާއްސަކޮށް ތަފާތު އެކި ޕްރޮމޯޝަންތައް ހިންގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ