މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ކުރިއަށްގެންދިޔަ 29 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ކަޕް ފައިނަލުގައި، ކިންގްސް ބާސްކެޓްބޯލް ކްލަބްގެ މައްޗަށް ކުރިހޯދައި ޓީރެކްސް ބާސްކެޓްބޯލް ކްލަބުން މުބާރާތުގެ ތަށި އުފުލާލައިފި އެވެ.
މި މުބާރާތް އެންމެ ފަހުން ކުރިއަށްގެންދިޔައިރު، ޓީރެކްސް އަތުން ފައިނަލުގައި ކިންގްސް ވަނީ މޮޅުވެފަ އެވެ. އެއީ، 81-70 އިންނެވެ.
އެކަމަކު، މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ޓީރެެކްސް އިން މި ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ފައިނަލުގައ ޓީރެކްސް މޮޅުވީ، 62-54 އިންނެވެ.
ޓީރެކްސް އާއި ކިންގްސް ރޭ ކުޅުނު އެމްބީއޭ ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
މި މެޗުގެ ފުރަތަމަ ކުއާޓަރުގައި، ޓީރެކްސް އިން ނިންމާލީ ފަސް ޕޮއިންޓުގެ ލީޑެއްގަ އެވެ. އެއީ، 16-11 އިން ކުއާޓަރު ނިންމާލައިގެންނެވެ. ދެ ވަނަ ކުއާޓަރުގައި ވެސް ޓީރެކްސް އިން އެ ކުޅުން ދަމަހައްޓައި، ލީޑުގައި އޮތެވެ. ސްކޯރިން އަށް ބަލާއިރު ވެސް ކިންގްސް އަށް ވުރެ ރަނގަޅަށް، ޓީރެކްސް އިން މި ކުއާޓަރުގައި ކުޅުނެވެ.
އެހެން ނަމަވެސް ދެން ކުޅުުނު ދެ ކުއާޓަރުގައި ސްކޯރިން އަށް ބަލާއިރު، ދެ ޓީމު ވެސް ފެނުނީ ދާދި ހަމަަހަމަކޮށެެެވެ. ޓީރެކްސް އިން ރޭގެ މެޗުގައި ކުރިހޯދީ ފުރަތަމަ ދެ ކުއާޓަރުގައި ރަނގަޅު ފެށުމަކާ އެކު ދެއްކި ހިތްވަރުންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ، ޓީރެކްސްގެ އިސްމާއިލް ވިލްދާން ޔޫސުފް އެވެ. ސްކޯރިން އަށް ބަލާއިރު ވެސް އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިިފަ އެވެ. ކިންގްސް އަށް ރޭގެ މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، މުހައްމަދު ސަބީހު ތައުފީގު އެވެ.
އެމްބީއޭ ޗެމްޕިއަންޝިޕްގެ ޝީލްޑް މި ފަހަރު ކާމިޔާބުކުރީ، ސްޓިންގާސް ބާސްކެޓްބޯލް އަތުން 99-92 އިން މޮޅުވެގެން، ޔުނައިޓެޑް ނެޓްވޯކް އޮފް ފްރެންޑްސް (ޔޫއެން ފްރެންޑްސް) އެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކީ، ޔޫއެން ފްރެންޑްސްގެ އަހުމަދު ނަޖީލް އެވެ.
ކިންގްސް ބަލިކޮށް ޓީރެކްސް އިން އެމްބީއޭ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި ކިންގްސް ބަލިކޮށް ޓީރެކްސް އިން އެމްބީއޭ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ