ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ "ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2025" ގެ މެންސް އޯޕަން ޑިވިޝަނުގެ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ބަލިކޮށް މުޅިން އަލަށް އާމިން އުމަރު މޫސާ މި މުބާރާތް ކާމިޔާބު ކޮށްފި އެވެ.
ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖްގެ އެންމެ ކާމިޔާބު އެތުލީޓަކީ ކުޑަ އައްޔަ އެވެ. މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ އެންމެ ދުވަސްވީ މުބާރާތް، ބުރުނު ޝިކާރު ކުޑަ އައްޔަ މީގެ ކުރިން ފަސް ފަހަރު ކާމިޔާބު ކޮށްފައިވާއިރު، ކުޑަ އައްޔަ ބަލިކޮށް މި މުބާރާތް ދެން ކާމިޔާބުކުރީ އަޝްރަފް ހަސަން އެވެ.
އާމިން އަކީ ކުޑަ އައްޔަ ބަލިކޮށް މި މުބާރާތް ކާމިޔާބުކުރި ދެވަނަ އެތުލީޓެވެ. މިއީ އާމިން ބުރުނު ޝިކާރު މުބާރާތުގައި ވާދަކުރާ ދެވަނަ ފަހަރެވެ.
ފައިނަލް ހީޓު އާމިން ކާމިޔާބުކުރީ ކުޑަ އައްޔައާ ވާދަކޮށް 0.26 ޕޮއިންޓް އިތުރަށް ސްކޯކޮށްގެންނެވެ. މި ހީޓުގައި އާމިން އަށް ޖުމްލަ 13.76 ސްކޯކުރިއިރު، ކުޑަ އައްޔަ އަށް ސްކޯކުރެވުނީ 13.50 އެވެ.
ފައިނަލް ހީޓުގައި އާމިން ރާޅެއްގައި ދުއްވަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
ފައިނަލް ހީޓުގައި އާމިން ޖުމްލަ ހަ ރާޅެއް އެޅިއިރު، އެންމެ މަތިން ސްކޯކުރީ ހަތަރުވަނަ ރާޅު އަދި ފަސްވަނަ ރާޅުގަ އެވެ. ހަތަރުވަނަ ރާޅުގައި 8.33 ސްކޯކުރިއިރު، ފަސްވަނަ ރާޅުގައި 5.43 ސްކޯކުރި އެވެ.
ފައިނަލުގައި ކުޑަ އައްޔަ އެޅީ ޖުމްލަ ހަތަރު ރާޅުގަ އެވެ. ކުޑަ އައްޔަ އެންމެ މަތިން ސްކޯކުރީ ދެވަނަ އަދި ތިންވަނަ ރާޅުގަ އެވެ. ދެވަނަ ރާޅުގައި 5.67 ސްކޯކުރިއިރު، ތިންވަނަ ރާޅުގައި 7.83 ސްކޯކުރި އެވެ.
މީގެ އިތުރުން މިއަދު ކުރިއަށްދިޔަ ޖޫނިއާ ފައިނަލުގައި އެންމެ ފަހުގެ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ޗެމްޕިއަން މުހައްމަދު އަޒާން އަހުމަދު ބަލިކޮށް އިޔަން އަހުމަދު ވަނީ ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ފައިނަލް ހީޓަށްފަހު އިޔަން އުފާފާޅުކުރަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
ފައިނަލް ހީޓުގައި އިޔަން ޖުމަލް 13.00 ސްކޯކުރިއިރު، އަޒާން އަށް ސްކޯކުރެވުނީ 10.67 އެވެ.
ފައިނަލް ހީޓުގައި އިޔަން ޖުމްލަ ހަތް ރާޅުގަ އެޅި އެވެ. އޭނާ އެންމެ މަތިން ސްކޯކުރީ ފުރަތަމަ ރާޅު އަދި ހަވަނަ ރާޅުގަ އެވެ. މި ދެ ރާޅުގައި ވެސް އިޔަން ވަނީ 6.50 ސްކޯކޮށްފަ އެވެ.
ފައިނަލް ހީޓުގައި އަޒާން ޖުމްލަ ފަސް ރާޅެއްގައި އެޅިއިރު، އޭނާ އެންމެ މަތިން ސްކޯކުރީ ފުރަތަމަ އަދި ފަސްވަނަ ރާޅުގަ އެވެ. ފުރަތަމަ ރާޅުގައި އަޒާން 5.00 ސްކޯކުރިއިރު، ފަސްވަނަ ރާޅުގައި 5.67 ސްކޯކުރި އެވެ.
ބޮޑީބޯޑިން ލީގުގައި މިއަހަރު ޖުމްލަ ތިން މުބާރާތް ކުރިއަށްދާނެ އެވެ. އެއީ ބުރުނު ޝިކާރުގެ އިތުރުން ފުވައްމުލަކު ބޮޑީބޯޑިން ޗެލެންޖް އަދި މާލޭގައި ކުރިއަށް ގެންދާ ނެޝަނަލް ބަނޑުފިލާ ޗެލެންޖް އެވެ.
ކުޑަ އައްޔަ ބަލިކޮށް ބުރުނު ޝިކާރުގެ ޗެމްޕިއަންކަން އާމިން އަށް ކުޑަ އައްޔަ ބަލިކޮށް ބުރުނު ޝިކާރުގެ ޗެމްޕިއަންކަން އާމިން އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ