އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ސެކިއުރިޓީ ކްލިއަރަންސް ބާތިލްކޮށްފިއެވެ.
ޓްރަމްޕް ވަނީ ބައިޑަންގެ ސެކިއުރިޓީ ކްލިއަރަންސް ބާތިލްކޮށް، އޭނާއަށް ދުވަހުން ދުވަހަށް ދެމުން އައި އިންޓެލިޖެންސް ބްރީފިންގތައް ހުއްޓާލައިފިކަމަށް ހުކުރު ދުވަހު ބުނެފައެވެ.
ޓްރަމްޕް އިތުރަށް ބުނެފައިވަނީ ބައިޑަން ވެރިކަމުގައި ހުރިއިރު އިންޓެލިޖެންސް ކޮމިއުނިޓީއަށް އަންގައިގެން ޓްރަމްޕްއަށް ގައުމީ ސަލާމަތާ ގުޅޭ މަޢުލޫމާތު ލިބުން ހުއްޓުވާފައިވާ ކަމަށެވެ. މިއާ ގުޅޭގޮތުން 2021 ވަނަ އަހަރު ބައިޑަން ވަނީ ސީބީއެސްއަށް ދިން އިންޓަވިއުއެއްގައި ބައިޑެންއަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ.
ޑޮނަލްޑް ޓްރަމްޕާއި ޖޯ ބައިޑަންއަކީ އެމެރިކާގެ ސިޔާސީ މައިދާނުގައި ދިގު މުއްދަތެއް ވަންދެން ވާދަވެރިންގެ ގޮތުގައި ތިބި ދެ ލީޑަރުންނެވެ. 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބައިޑަން ޓްރަމްޕަށް ވުރެ ކުރިއަށް ގޮސް ރައީސްކަން ހޯދިއެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާއާމެދު ޓްރަމްޕް ސުވާލު އުފައްދައި، އިންތިޚާބުގައި ވައްކަން ހިނގާފައިވާ ކަމަށް ތުހުމަތުކުރިއެވެ.
ޓްރަމްޕް ބައިޑަންގެ ސެކިއުރިޓީ ކްލިއަރަންސް ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ