ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވަން ސަރުކާރުގެ ވެރިޔަކު އަޒްމިރާލްދާއަށް ބިރު ދެއްކިކަން ހާމަވެއްޖެ ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވަން ސަރުކާރުގެ ވެރިޔަކު އަޒްމިރާލްދާއަށް ބިރު ދެއްކިކަން ހާމަވެއްޖެ

ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ވެރިޔަކު އޭނާއަށް ބިރުދެއްކިކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިއަށްގެންދާ އަޒްމިރާލްދާގެ ސުލޫކީ މައްސަލާގެ ސިއްރު ތަހުގީގަށް އޭނާ ހާޒިރުކުރުމުންނެވެ.
އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލް އަދަދު ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައާ ގުޅިގެން ސަރުކާރުގެ އޮފިޝަލު ފަނޑިޔާރަށް ނުފޫޒު ފޯރުވުމަށް ގުޅީ އެހެން މީހަކު މެދުވެރިކޮށް ކަމަށެވެ/
"މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގެ ކުރިއަށް ފަނޑިޔާރަށް ނުފޫޒު ފޯރުވުމަށް މި މައްސަލައާ ގުޅުވާ އެކި ފަރާތްތަކުން މަސައްކަތް ކުރެއްވިކަން ތަފުސީލާއެކު ފަނޑިޔާރު ވިދާޅުވެދެއްވި،" ވަކީލު ވިދާޅުވި އެވެ.
ނުފޫޒު ފޯރުވަން މަސައްކަތްކުރީ ކޮން ބައެއްކަން މިވަގުތަށް ހާމަކުރަން ބޭނުންނުވާ ކަމަށް ޝާމިލް ވިދާޅުވުމުން އިތުރަށް ކުރި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވަނީ އެއީ ސަރުކާރުގެ އޮފިޝަލެއްކަން ފާހަގަކުރައްވާފަ އެވެ.
"ސަރުކާރަށް ނިސްބަތްވާ ފަރާތަކުން އެހެން ބޭފުޅަކު މެދުވެރިކޮށް މެސެޖު ޕާސް ކުރެއްވި ކަމަށް ހިސާނުމެން ދައުރުގެ ސުލޫކީ މައްސަލައެއް ވެސް އެބައޮތް ކަމަށް ނުބަލާ. ސީދާ އެ މައްސަލައާ ގުޅިގެން ފަނޑިޔާރާށް ސަރުކާރުގެ އިސް ފަރާތަކުން މެސެޖު ޕާސްކޮށްފަ އޮތް ކަމަށް [ފަނޑިޔާރު] ވިދާޅުވީ،" ވަކީލު ޝާމިލް ވިދާޅުވި އެވެ.
މިއީ މި މައްސަލާގެ އަޑުއެހުމަށް ނުފޫޒު ފޯރުވުމަށް ބިރުދެއްކުމަށް ކުރި ކަމެއްގެ ގޮތުގައި މިއަދު ޖޭއެސްސީގައި ކުރިއަށްދިޔަ އަޑުއެހުމުގައި އަޒްމިރާލްދާ ވަނީ ސިފަކުރައްވާފަ އެވެ.
ޖޭއެސްސީން މިހާރު ބަލަމުންގެންދާ ސުލޫކީ މަައްސަލަތައް ބަލަން ފެށީ ކޮޮރަޕްޝަން ހިނގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ސަސްޕެންޑުކުރި ފަހުންނެވެ. އެ ކޮމިޝަނުން ބަލަމުންދަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލަ އެވެ.
އެ މައްސަލާގެ އިތުރުން ޖޭއެސްސީން ބަލަނީ ހައި ކޯޓުގެ މުވައްޒަފަކު ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ފަހުން އިސްތިއުފާދެއްވި ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި ކަމަށް ބުނާ މައްސަލަ އެވެ.
މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު ވަނީ މި ތުހުމަތުތަކަށް އިންކާރުކުރައްވައިފަ އެވެ. އަދި، މައްސަލަތައް ބަލާ ކޮމިޓީ އެކުލަވާލާފައިވަނީ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް އަޒްމިރަލްދާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ