ޢައްޒާގައި ދިރިއުޅެމުންދާ ކުޑަކުދިންނަށް އަމާޒުކޮށް އިޒްރާއީލުން ހިންގަމުންގެންދާ ހަނގުރަާމައިގެ ޖަރީމާތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭކަމަށް ޔުނިސެފްގެ ތަރުޖަމާން ޖޭމްސް އެލްޑަރ ވިދާޅުވެއްޖެއެވެ.
އެލްޑަރ ވަނީ އިޒްރާއީލްގެ ހަމަލާތަކުގައި ޒަހަމްވި ކުޑަކުދިންނަށް ފަރުވާދެމުންގެންދާ އަލް އަގްސާ ހޮސްޕިޓަލަށް ޒިޔާރަތްކޮށް އެތަނުގައި ފަރުވާ ދެމުންގެންދާ ކުދިންގެ ހާލަތު ވަރަށް ގާތުން ބައްލަވާލައްވާފައެވެ. އެތަނަށް ކުރެއްވި ޒިޔާރަތަށްފަހު އިންސްޓަރގްރާމުގައި އާއްމުކުރެއްވި ވީޑިއޯ ޕޯސްޓެއްގައި އެލްޑަރ ވަނީ ވަރަށް އަސަރާއެކު ޢައްޒާގެ ކުދިންގެ އަދުގެ ހާލަތު ސިފަކޮށްދީފައެވެ.
ހޮސްޕިޓަލްގައި ފަރުވާދެމުންދާ އުމުރުން 11 އަހަރުގެ ކުދަ އަންހެންކުއްޖެއްކަމަށްވާ ޖަނާގެ ހާލަތު ކިޔައިދެއްވަމުން އެލްޑާ ވަނީ، އިޒްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި ޖަނާގެ އުނަގަނޑުން ތިރި އެއްކޮށް ވާގިނެތިފައިވާކަމަށާއި، މިފަދަ ހާލަތުގައި ތިބި އެތައް އެތައް ކުޑަކުދިންނެއް ފަރުވާދޭ މަރުކަޒުތަކުގައި ތިބިކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ޖަނާއަށް ވީގޮތް އޭނާއަށްވެސް ނޭނގޭކަމަށާއި، ލިބުނު ޖިސްމާނީ ނުކުޅެދުންތެރިކަމާ އެއްވަރަށް ލިބިފައިވާ ނަފްސާނީ ނުކުޅެދުންތެރިކަންވެސް ބޮޑުކަމަށެވެ. އެއީ މިއަދު އެ ސިޓީގެ ގިނަ ކުދިންގެ ހާލަތު ކަމަށް އޭނާ ފާހަގަކުރިއެވެ.
"މިގޮތަށް ޒަހަމްވެފައިވާ 25 ކުދިންގެ މަގުން 2،000 ކްލާސް ރޫމްގެ ކުދިން، އެކުދިންނަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ހޯދަމުންދާކަމަށް ބަލަމާ. އިޒްރާއީލުން މި ހިންގަނީ ހަނގުރާމައިގެ ބޮޑު ޖަރީމާއެއް މި މުސީބާތް ނިމުމަކަށް ގެންނަންޖެހޭ" ޔުނިސެފްގެ ތަރުޖަމާން ވިދާޅުވިއެވެ.
އިޒްރާއީލުން ޢައްޒާގެ ކުޑަކުދިންނަށް އަމާޒުކޮށް ހިންގަމުންގެންދާ ޖަރީމާތައް ހުއްޓާލަންޖެހޭކަމަށް އދ ގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާގެ ތަރުޖަމާން ވިދާޅުވިއިރު، އިޒްރާއީލްގެ ހަމަލާތަކާ ގުޅިގެން ޢައްޒާ ސިޓީގައި އެހީގެ ތަކެތި ބެހުން ވަނީ މިއަދު ވަގުތީގޮތުން ހުއްޓުމަކަށް އައިސްފައެވެ. އެހީގެ އޮޕަރޭޝަން ހުއްޓުމަކަށް އައިސްފައިވަނީ މަދަދުވެރިންނަށް އަމާޒުކޮށް އިޒްރައީލް ސިފައިން ދެމުންގެންދާ ހަމަލާތަކުފެ ސަބަބުންނެވެ.
އިޒްރާއީލުން ކުޑަކުދިންނަށް އަމާޒުކޮށް ހިންގަމުންގެންދާ ޖަރީމާތައް ހުއްޓާލަންޖެހޭ: ޔުނިސެފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ