އިތުރު ލޯން ޑީލަކަށް ދާން ރެޝްފޯޑް ބޭނުމެއް ނޫން އިތުރު ލޯން ޑީލަކަށް ދާން ރެޝްފޯޑް ބޭނުމެއް ނޫން

ބާމިންހަމް، އިންގްލެންޑް (މެއި 17) - ލޯން އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާ އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، މާކަސް ރެޝްފޯޑް، އަންނަ ސީޒަނުގައި ލޯން ޑީލެއްގެ ދަށުން އިތުރު ޓީމަކާ ގުޅެން ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޖެނުއަރީ މަހުގެ ޓްރާންސްފާގައި، ލޯނު އެއްބަސްވުމެއްގެ ދަށުން ރެޝްފޯޑް، 27، އެސްޓަން ވިލާ އަށް ބަދަލުވީ، ސީޒަނުގެ މެދުތެރެއިން ޔުނައިޓެޑާ ހަވާލުވި ކޯޗު ރުބެން އަމްރޮމްއާ ޖެހުނު މައްސަލައަކާ ގުޅިގެންނެވެ.
ޔުނައިޓެޑާ އެކު ރެޝްފޯޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2028 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ. އެކަމަކު، ވިލާގެ ލޯން އެއްބަސްވުން ނިންމާލިޔަސް، ރެޝްފޯޑް އެނބުރި ޔުނައިޓެޑަށް ގޮސް އަމޮރިމްގެ ކޯޗުކަމުގައި ކުޅުމުގެ ފުރުސަތު ކުޑަ އެވެ. އެހެންވެ، އަންނަ ސީޒަނުގައި ވެސް ރެޝްފޯޑް ޔުނައިޓެޑުން ނޫން ޓީމަކަށް ކުޅެން ޖެހިފައިވާއިރު، އޭނާ އަންނަނީ އެކި ޓީމުތަކުގެ ޕްރޮޕޯސަލްތައް ބަލަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން، ރެޝްފޯޑް ބޭނުންވަނީ، ޔުނައިޓެޑުން އޭނާ ދޫކޮށްލާނަމަ، ދެން ބަދަލުވާ ޓީމަކާ ދާއިމީ ކޮންޓްރެކްޓެއްގައި ގުޅުމަށެވެ. އެއާ އެކު، ޔުނައިޓެޑުން ރެޝްފޯޑް ވިއްކާލާނެ އަގެއް ކަނޑައަޅާފައިވާ ކަމަށް އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެ ގޮތުން، ޔުނައިޓެޑުން ނިންމާފައިވަނީ، ރެޝްފޯޑް، 50 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނުވާނެ އަގަކަށް ދޫކޮށްލުމަށެވެ.
އެކަމަކު، އެހެން ޓީމަކާ ގުޅޭނަމަ، ރެޝްފޯޑަށް މިހާރު ޔުނައިޓެޑުން ދެމުން އަންނަ، ހަފްތާ އަކު، 375،000 ޑޮލަރު ލިބޭ މުސާރަ އަށް ބަދަލުވުމުގެ ފުރުސަތު ކުޑަ އެެވެ.
ޔުނައިޓެޑްގެ ޔޫތު ޓީމުތަކަށް ކުޅެ، ރެޝްފޯޑް އެންމެ ފުރަތަމަ ސީނިއާ ޓީމަށް މެޗެއް ކުޅެދިނީ، 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން، ސީނިއާ ޓީމުގައި މި ހޭދަވީ އަށް އަހަރު ތެރޭ އޭނާ ވަނީ އެ ޓީމަށް 426 މެޗުން 138 ގޯލު ޖަހައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ